twitterviber whatsapp telegramfacebookyoutube instagram
28th March 2023

އޮލިމްޕިކްސްގައި އެމެރިކާއިން ފެތުމުގެ ރެކޯޑެއް އާކޮށްފި

މުޙައްމަދު އަހުމަދު
Aug 1, 2021

އެމެރިކާގެ ފިރިހެން ފެތުންތެރިން 4 ގުނަ 100 މީޓަރު މެޑްލީ ރިލޭއިން ރަން މެޑަލް ހޯދާ ދުނިޔޭގެ ރެކޯޑެއް ހަދައިފި އެވެ.

3 މިނެޓު 26:78 ސިކުންތުން ރިލޭ ނިންމާ 2009 ވަނަ އަހަރު އެމެރިކާގެ ކުރީގެ ޓީމުން ހެދި ރެކޯޑް އެމެރިކާގެ މިފަހަރުގެ ޓީމުން މުގުރާލައިފި އެވެ.

މިހާތަނަށް އޮލިމްޕިކްސްގައި އެމެރިކާގެ ފިރިހެން ޓީމުން 11 ރަން މެޑަލް ހޯދާފައިވާއިރު އޮލިމްޕިކްގެ ތާރީހުގައި މި އަހަރަކީ އެމެރިކާއަށް 4 ގުނަ 200 މީޓަރު ރިލޭ އާއި 4 ގުނަ 100 މީޓަރު ފްރީ ސްޓައިލް ރިލޭ އިވެންޓުން ވަނައެއް ނުލިބޭ ފުރަތަމަ ފަހަރެވެ.

މިފަހަރުގެ 4 ގުނަ 200 މީޓަރު މެޑްލީ ރިލޭ އެމެރިކާއިން ޑޮމިނޭޓްކުރީ ރަޔާން މާފީ، މައިކަލް އެންޑުރޫވް، ކައެލެބް ޑްރެސެލް އަދި ޒެކް އެޕަލްއާ އެކު އެވެ.

މިއީ މި އިވެންޓުގައި އެމެރިކާއިން ޖައްސަ ޖައްސައިން ރަން މެޑަލް ހާސިލްކުރި 10 ވަނަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355