twitterviber whatsapp telegramfacebookyoutube instagram
29th March 2024

އުރީދޫ އަތޮޅުދުވުމުގައި، އަތޮޅުތައް ތަމްސީލު ކުރަން އެމްބެސަޑަރުން ހަމަޖައްސައިފި

ނަބީލާ އިސްމާޢީލް
Aug 3, 2021

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނި ކަމުގައިވާ އުރީދޫމޯލްޑިވްސްއިން އަތޮޅުތެރޭގައި އިންތިޒާމު ކޮށްގެން ބާއްވާ އުރީދޫ އަތޮޅުދުވުމުގައި ކޮންމެ ތަމްސީލު ކުރަން ކޮންމެ އަތޮޅަކުން އެމްބެސަޑަރަކު ހަމަޖައްސާފިއެވެ.

ވާޗުއަލްކޮށް ބާއްވާ މި ދުވުމުގެ އެމްބެސަޑަރު ހަމަޖައްސާ އެކަން އުރީދޫން އަންގާފައިވަނީ މި މަހު 1 ވަނަ ދުވަހު މީސް މީޑިއާ މެދުވެރިކޮށެވެ.

ހިދުމަތް ދިނުމުގައި މިހާރު 16 އަހަރު ފުރިފައިވާ އުރީދޫގެ އަތޮޅު ދުވުމުގައި، މި އަހަރު ވެސް ފަސް ކިލޯ މީޓަރުގެ ކެޓެގަރީ ހިމެނޭއިރު މުޅިން އަލަށް މިއަހަރު ވަނީ 10 ކިލޯ މީޓަރުގެ ކެޓެގަރީ ވެސް ތައާރަފްކޮށްފައެވެ.

މި ދެ ކެޓަގަރީގައި ވެސް ބައިވެރިވާން ބޭނުންވާ ދުވުންތެރިން ވަކިން ރެޖިސްޓްރީކޮށް ޖުމްލަ 15 ކިލޯމީޓަރު ފުރިހަމަކުރަން ޖެހޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ އަތޮޅުދުވުން ހުޅުވާލައިފައިވަނީ ފަސް އަހަރުން މަތީގެ މީހުންނަށެވެ. މި ހިނގާ އޯގަސްޓު މަހުގެ އެކަކުން 7 ކާއި ދޭތެރޭ ކޮންމެ ވަގުތެއްގައިވެސް މި ދުވުން ފުރިހަމަ ކުރެވޭނެއެވެ.

އުރީދޫ އަތޮޅުދުވުމުގެ އެމްބެސްޑަރުންގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތްތަކަކީ

  • އައިޝަތު މިޒްނާ- ހދ. އަތޮޅު
  • މައުމޫން ޢަބްދުއްސައްތާރު- ހއ. އަތޮޅު
  • އަހްމަދު ޒާހިދު- ށ. އަތޮޅު
  • އަބްދުﷲ ޔާސިރް- ނ. އަތޮޅު
  • އަބްދުއްލަތީފް ހަސަން- ރ. އަތޮޅު
  • މުޙައްމަދު މަދީން- ބ. އަތޮޅު
  • އަހްމަދު ސަމީހް- މ. އަތޮޅު
  • ރަމީޒް- އއ. އަތޮޅު
  • އިހުމާ ހަސަން- ދ. އަތޮޅު
  • އައިމިނަތު މަލްދާ- ފ. އަތޮޅު
  • އަހުމަދު މުޖުތަބާ- ޏ. އަތޮޅު
  • ސާޖިން- ގއ. އަތޮޅު
  • މުޙައްމަދު ފަޔާޒް- ލ. އަތޮޅު
  • ހުމައިދް އަބްދުއްރައްޒާޤް- ޅ.އަތޮޅު
  • މަރިޔަމް އަފްޒާ ނައީމް- ގދ. އަތޮޅު
  • އާތިފް އިބްރާހިމް- އދ. އަތޮޅު
  • އަޒްވަރު ހަސަން- ތ. އަތޮޅު
  • ހަސަން ސިނާން- ވ. އަތޮޅު
  • އައިޝަތު އަފީފާ- ސ. އަތޮޅު/ އައްޑޫ ސިޓީ
  • މަރިޔަމް ލީނާ- ކ. އަތޮޅު



އުރީދޫ އަތޮޅުދުވުމުގައި ބައިވެރިވާން ރެޖިސްޓްރީވުން ވަނީ މިދިޔަ ހޮނިހިރު ދުވަހަށް ހަމަވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355