ބާރަށް ދުއްވައިގެން ސުވިޒަލޭންޑުގައި އެއްމިލިއަން ޑޮލަރުން ސްވިޑިޝް ރައްޔިތަކު 2010 ވަނަ އަހަރު ވަނީ ޖޫރިމަނާކޮށްފަ އެވެ.
ނަން ހާމަކޮށްފައިނުވާ 37 އަހަރުގެ މި މީހާ ޖޫރިމަނާކޮށްފައިވަނީ ލިމިޓަށް ވުރެ މަތިން ގަޑިއަކު 180 މޭލު (ގަޑިއަކު 290 ކިލޯމީޓަރު) ގެ ބާރުމިނުގައި ދުއްވައިގެން އޭނާގެ މާސިޑީސް އެސްއެލްއެސް އޭއެއެމްޖީގަ އެވެ. މި ކާރުގެ ޓޮޕް ސްޕީޑަކީ ގަޑިއަކު 317 ކިލޯމީޓަރެވެ.
ސްވިސްގެ ގަވާއިދުގައިވާ ގޮތުން ޖޫރިމަނާގެ އަދަދު ކަނޑައެޅެނީ މީހާގެ މުސާރަ ނުވަތަ އޭނާގެ މުއްސަނދިކަމާއި ރެކޯޑް ކުރެވުނު ސްޕީޑަށް ބަލާފަ އެވެ.
މިއީ ދުނިޔޭގެ ރެކޯޑެކެވެ. ކުރިން މި ރެކޯޑް އޮތީ ސުވިޒަލޭންޑުގެ ރައްޔިތެއްގެ އަތުގަ އެވެ. އެއީ ދެ ލައްކަ 90 ހާސް ޑޮލަރުން ޖޫރިމަނާކޮށްގެންނެވެ. އެއީ ޕޯސްޗެއްގައި 2008 ވަނަ އަހަރު ގަޑިއަކު 57 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވައިގެނެވެ.
ކޯޓުން މުޅިއެކު އޭނާ ޖޫރިމަނާކޮށްފައިވަނީ 22.7 މިލިއަން ޑޮލަރުންނެވެ. އެއީ އޭނާއަކީ މިކުށް އެތައް ފަހަރަކު ތަކުރާރުކޮށްފައިވާ މީހެކެވެ. މިއަދަކީ 2008 ވަނަ އަހަރުގެ ކޭސްގައި ޖޫރިމަނާކުރި އަދަދުގެ ބައިކުޅަބަޔަށް ވުރެ ވެސް ގިނަ އަދަދެކެވެ.
ސްވިޒަލޭންޑުގެ ލޯކަލް ޕޮލިސް ސްޕޯކްސްމަން ބެނޮއިޓް ޑުމާސް ބުނީ އެއްވެސް ކަމަކަށް 290 ކިލޯމީޓަރުގެ ދުވެއްޔެއް ޖަސްޓިފައިއެއް ނުކުރެވޭނެ ކަމަށާއި އެވަރުގެ ދުވެއްޔެއް މަތަކުރަން 500 މީޓަރު ބޭނުންވާނެ ކަމަށާއި އެއީ ކޮންޓްރޯލް ކުރެވޭ ވަރަށް ވުރެމާ ބާރު ސްޕީޑެއް ކަމަށެވެ.
އޭނާގެ ކާރު މިހާރު އިމްޕައުންޑް ކުރެވިފައިވާއިރު އޭނާއަށް 300ދުވަސް ވަންދެން ދުވާލަކު 3600 ސްވިސް ފުރޭންކްގެ ޖޫރިމަނާއެއް އަދާކުރަން ޖެހޭނެ އެވެ.
ސްވިސްގެ މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އޭނާ އަކީ ވިލާއެއް އަދި 5 ލަގްޒަރީ ކާރުގެ އޯނަރެކެވެ. އޭގެތެރޭގައި ފެރާރީ އެއް ވެސް ހިމެނެ އެވެ.