twitterviber whatsapp telegramfacebookyoutube instagram
18th July 2025

ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި

ނަބީލާ އިސްމާޢީލް
Aug 3, 2021

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވަނީ ކޯޓު އަމުރެއްގެ ދަށުން ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އޭގެ ތަފުސީލެއް ނުދެއްވަ އެވެ.

ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ މައްސަލަ ފެންމަތިވެފައި މިވަނީ މިއަދު މެންދުރު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ކުރިމަތީގައި ޖާބިރު އިހްތިޖާޖު ކުރައްވާފައި ވަނިކޮށެވެ.

ޖާބިރު އިހްތިޖާޖު ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ކަމަށާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ގޮވާލައްވަމުންނެވެ.

ޖާބިރު އިހްތިޖާޖު ކުރައްވަމުން ގެންދެވި ވަގުތު އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ އެ ސަރަހައްދަށް ވަޑައިގެން ޖާބިރު އެތަނުން ގެންދިއުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ޖާބިރު އެތަނުން ވަޑައިނުގެންނެވުމުން ދިޔާނާ ވަނީ ފަހުން އެސަރަހައްދު ދޫކުރައްވާފަ އެވެ.

ޖާބިރު އެކަނި ހުންނަވައިގެން އިހްތިޖާޖު ކުރައްވަމުން ގެންދެވިއިރު އެއްވެސް މީހަކު ޖާބިރަށް ހުރަސް އަޅާފައެއް ނުވެ އެވެ. އިރުކޮޅަކު އިހްތިޖާޖު ކުރެއްވުމަށްފަހު ޖާބިރު ފަހުން ވަނީ އެ ސަރަހައްދު ދޫކުރައްވާ، ވަޑައިގެންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355