twitterviber whatsapp telegramfacebookyoutube instagram
29th July 2026

ހއ އަތޮޅުން ތާ އަތޮޅަށް ހުދު ސަމާލު ނެރެފި

މުޙައްމަދު އަހުމަދު
Aug 7, 2021

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ހއ އަތޮޅުން ތ އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.

މިއަދު ހެނދުނު 09:00 އިން މެންދުރު 14:00 އަށް ހއ އާއި ތ އަތޮޅާ ހިމެނޭ ސަރަހައްދަށް ގަޑިއަކު 19 މޭލާ 24 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ވެސް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާ ކަމަށް އެއިދާރާއިން ބުނެފި އެވެ.

ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް ކަނޑު ދަތުރުކުރާއިރު މޫސުމާ މެދު ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސްކުރައްވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355