twitterviber whatsapp telegramfacebookyoutube instagram
29th March 2024

އަންހެނުންތަކެއްގެ މޫނުމަތިން އުފާވެރިކަން ފެންނާތީ ކަމަށް ބުނެ ވަޅިން ހަމަލާ ދީފި

މުޙައްމަދު އަހުމަދު
Aug 7, 2021

ޖަޕާނުގެ ޓޯކިއޯގެ ކޮމިއުޓާ ޓްރެއިނެއްގެ ތެރޭގައި ތިބި އަންހެނުންތަކެއްގެ މޫނުމަތިން އުފާވެރިކަން ފެންނާތީ ކަމަށް ބުނެ ވަޅީގެ ނުރައްކާތެރި ހަމަލާއެއް ދީފި އެވެ.

މިހާރު އޮލިމްޕިކްސް ވެސް ޓޯކިއޯގައި ކުރިއަށްދާ ދަނޑިވަޅެއްގައި ދިން މިހަމަލާގައި 10 މީހަކު ވަނީ ޒަހަމްކޮށްލާފަ އެވެ. އެގައުމުގެ ލޯކަލް މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި މިކަމުގެ ސަސްޕެކްޓް، 36 އަހަރުގެ މި ފިރިހެނާ ފުލުހުންގެ އިންވެސްޓިގޭޝަނަށް ބުނީ އޭނާ މިހަމަލާ ދިނީ ޓްރެއިންގެ ތެރޭގައި ތިބި އަންހެނުންތައް އުފަލުން ތިބިތަން އޭނާއަށް ފެނުމުން އެކަމާ ރުޅި އައިސްގެން ކަމަށެވެ.

މިކަމުގެ ޝިކާރައަކަށްވި އަންހެން ދަރިވަރަކަށް ވަނީ ވަރަށް ސީރިއަސް ގެއްލުންތަކެއް ލިބިފަ އެވެ. ނަމަވެސް ދެން އަނިޔާވި މީހުންނަށް އެހާ ސީރިއަސް ގެއްލުމެއް ނުވެ އެވެ.

މިހަމަލާދީފައިވަނީ ހުކުރު ދުވަހު ރޭގަނޑު 8:40 ހާއިރު ސެޖިއޯގަކުއެން ސްޓޭޝަނުގަ އެވެ. މިކަހަލަ ކުށްތަކަކީ ޖަޕާނުގައި ވަރަށް ނުހިނގާ ކަމެކެވެ. ޓްރެއިން ޓްރެކްތައް މައްޗަށް އަރައި އެމީހާ ވަނީ އެގަޑީގައި ފިލާފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ކޮންވީނިއަންސް ސްޓޯރެއްގެ ތެރެއަށް ވަދެ ފުލުހުން ހޯދަމުންދަނީ އޭނާ ކަމަށާއި ފިލަން އުޅެ އުޅެ ވަރުބަލި ވެއްޖެ ކަމަށެވެ.

އަނިޔާވި 10 މީހުންގެ ތެރެއިން 9 މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ޖަޕާނަކީ ދުނިޔޭގެ އެންމެ ރައްކާތެރި ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ނަމަވެސް މިދިޔަ އަހަރުތަކުގެ ތެރޭގައި އެގައުމުގައި މަދުން ނަމަވެސް މިކަހަލަ ކޭސްތައް ރިޕޯޓުކުރެވިފައި އެބަހުއްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355