twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިރާގުން އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ 12 ވަނަ ބެޗަށް މަރުހަބާ ކިޔައިފި

މުޙައްމަދު އަހުމަދު
Aug 7, 2021

މިއަހަރުގެ އިންޓޭކަށް އެންރޯލްވި އެޕްރެންޓިސްޝިޕް ޕްރޮގުރާމުގެ 12 ވަނަ ބެޗަށް ދިރާގުން މަރުހަބާ ކިޔައިފި އެވެ. މިފަހަރުގެ ޕްރޮގުރާމަށް 14 އެޕްރެންޓީސްއަކު ވަނީ އެންރޯލްވެފަ އެވެ.

ދިރާގުގެ އެޕްރެންޓިސް ޕުރޮގުރާމަކީ ޒުވާނުން ބާރުވެރިކުރުމަށް ދިރާގުން އިންތިޒާމްކޮށްގެން ހިންގަމުން އަންނަ އިވެންޓެކެވެ. މި ޕްރޮގުރާމުގެ މައިގަނޑު މަގްސަދަކީ ކަނޑައެޅިފައިވާ އޮނިގަނޑެއްގެ ދަށުން ހިންގާ އެޑިއުކޭޝަނަލް ޓްރެއިނިން ޕުރޮގުރާމެއްގެ ތެރެއިން ޒުވާނުންގެ މަސައްކަތުގެ ހުނަރުތައް އިތުރުކޮށް ގުޅިގެން އުޅެވޭނެ ފަދަ މަސައްކަތުގެ މާހައުލަކަށް އެމީހުން އަހުލުވެރި ކުރުވުމެވެ.

މިފަހަރުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތުތައް މިއަހަރު ހުޅުވާލާފައިވަނީ މާލެއަށާއި، ސީނަށާއި، ތިނަދޫގެ އިތުރުން އަރި އަތޮޅާ އޭދަފުށީގެ ދިރާގު އޮޕަރޭޝަން ސެންޓަރުތަކަށެވެ. މިޕްރޮގުރާމުގައި ފުރުސަތު ލިބޭ ކެންޑިޑޭޓުންގެ ފުރިހަމަވާންޖެހޭ ޝަރުތުތަކަކީ އުމުރުން 18 އަހަރާ 30 އަހަރާ ދެމެދުގެ އޭލެވެލް ސެޓްފިކެޓެއް އޮތް ވަޒީފާ ނުލިބިފައި ތިބި ފަރާތްތަކަށް ވުން ކަމުގައި ދިރާގުން ނެރުނު ނޫސް ބަޔާނުގައިވެ އެވެ.

އެބަޔާނުގައިވާ ގޮތުގައި އޮރިއެންޓޭޝަން ހަފްތާގެ ތެރޭގައި ހުރިހާ އެޕްރެޓިސުންނަށް ވެސް ވަނީ އެ އޯގަނައިޒޭޝަނުގެ ބޭސިކްސްގެ ތައާރަފެއް ދީފަ އެވެ. އަދި ބުރޭންޑް އޮރިއެންޓޭޝަން އެންޑް ސީއެސްއާރާއި، ކޯޑް އޮފް އެތިކްސް އާއި ޑިިޖިޓަލް ޓްރާންސްފޯމޭޝަނުގެ އިތުރުން ހެލްތް އެންޑް އެވެއާރނެސް ސެޝަންތަކާ ބެހޭ މައުލޫމާތުވެސް ވަނީ ފޯރުކޮށްދީފަ އެވެ. ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ މިއަދު ބޭއްވި އިންޑަކްޝަން ސެޝަނުގައި ބައިވެރިވެ ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔާފަ އެވެ. އޭނާ ވިދާޅުވީ އުއްމީދަކީ ހުރިހާ ބައިވެރިވެންނަށް ވެސް އާ ހުނަރުތަކެއް ދަސްވެ އުއްމީދީ ކެރިއަރަކަށް އެޅޭނެ ބިންގަލަކަށް ވެގެންދިއުން ކަމަށާއި މިޕުރޮގުރާމްގެ ތެރެއިން ގުރެޖުއޭޓްވީ ގިނަ މީހުން މިހާރު ދިރާގުގެ މަތީ މަގާމުތަކުންނާއި އެކި ކުންފުނިތަކުން އަދި އަމިއްލަ ކާމިޔާބު ވިޔަފާރިތަކުން ފެނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

މިއަހަރުގެ ޕުރޮގުރާމަށް ހޮވުނު 14 އެޕްރެންޓިސުންނަށް ދިރާގުގެ އެކި އެކި މަގާމު/ފީލްޑް ތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މިކަުގެ ތެރެއިން ތަޖުރިބާ އާއި ޓްރެއިނިން ވެސް ހާސިލްކުރެވޭނެ ކަމަށް ނޫސް ބަޔާނުގައިވެ އެވެ. އެ ފީލްޑްތަކުގެ ތެރޭގައި މާކެޓިން، ސޭލްސް، ހިއުމަން ރިސޯސަސް، ފައިނޭންސް، ނެޓްވޯކްސްގެ އިތުރުން ބިޒްނަސް ސޮލިއުޝަންތަކާ އިންފޮމޭޝަން ސިސްޓަމްސް ހިމެނެ އެވެ.

މެދުކެނޑުމެއްނެތި 12 އަހަރުވަންދެން ދިރާގުން މި ޕުރޮގުރާމު ހިންގަމުން އަންނައިރު 2009 ވަނަ އަހަރުން ފެށިގެން މިހާތަނަށް 214 އެއްހާ އެޕްރެންޓިސުން އެންރޯލްވެފައިވާއިރު އޭގެތެރެއިން ގިނަ ބަޔަކު ދިރާގުގެ ވަރަށް މަތީ މަގާމުތަކުގައްޔާއި އެހެން ބޮޑެތި ކުންފުނިތަކުގައިވެސް މިހާރު ވަޒީފާ އަދާކުރަމުން އެބަދެ އެވެ.

2020 ވަނަ އަހަރު ކޮވިޑާ ގުޅިގެން ދިރާގުން ހާއްސަ ސަމާލުކަމެއް ދީގެން ފޯކަސްކުރީ މިޕުރޮގުރާމް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށެވެ. ޓްރެއިނިންސްތައް އިންތިޒާމްކޮށް ކުރިއަށް ގެންދިއައީ އިން-ހައުސް ސްޓާފް ސްޕެޝަލިސްޓުންނެވެ. އެއީ ސޮފްޓް ސްކިލްސް ޑެވަލޮޕްމެންޓާއި ރިމޯޓް ވޯކިންގެ އެންޑް އެސެންޝިއަލް ނޮލެޖުގެ ތެރޭގައި ހިމެނޭ އޭރިއާތައް ކަމަށްވާ ޓައިމް މެނޭޖްމަންޓާއި، ޕާސަނަލް މެނޭޖްމަންޓާއި. ޕުރޮޖެކްޓް ޕުލޭނިންގެ އިތުރުން ޕުރެޒެންޓޭޝަން ސްކިލްސް އެވެ. މީގެ އިތުރަށް ވެސް އެތައް ކަމެއް ހިމެނެ އެވެ.

މިޕުރޮގުރާމްގެ ޒަރީއާއިން ދިރާގުން ބޭނުންވަނީ ކުރިމަގަށް ޒުވާނުން ބިނާކޮށް ކުރިއަށް އޮތްތާ ފިއުޗާ ލީޑަރުން މަސައްކަތުގެ މައިދާނަށް ނެރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355