twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދެ ހަފްތާއަށް ފަހު ކޮވިޑް ކޭހެއް ނުފެންނަށް ދުވަހެއް

ނަބީލާ އިސްމާޢީލް
Aug 7, 2021

ދެ ހަފްތާއަށް ފަހު ކޮވިޑް ޕޮޒިޓިވް ކޭހެއް ނުފެންނަ ދުވަހެއް، ކުޅުދުއްފުށީ ސިޓީން މިއަދު ނެގުނު ހުރިހާ ސާމްޕަލް ތަކެއްވެސް ނެގެޓިވް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗު)ން ބުނެފި އެވެ.

ކޭއާރުއެޗުން ބުނީ 91 ސާމްޕަލްގެ ތެރެއިން އެއްވެސް ސާމްޕަލެއް ޕޮޒިޓިވްވެފައިނުވާކަމަށެވެ. އެކަމަށް މާތްﷲ ގެ ހަޟްރަތަށް ޝުކުރު ކުރާ ކަމަށާއި ރައްޔިތުން ދެމުން ގެންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާކަށެވެ.

މިހާތަނަށް 65 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެތެރޭގައި ކޮންޓެކްޓް ޓްރޭސިންގ ތެރެއިން ޕޮޒިޓިވްވި 51 ކޭސްއަކާ ފުރަބަންދުގައި ތިބި 3 މީހެއްގެ އިތުރަށް ފުލޫ އޯޕީޑީއަށް އަލާމާތްތައް ހުރެގެން ދެއްކި 8 މީހަކު ހިމެނެ އެވެ. އަދި ރޭންޑަމް ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް 3 ސާމްޕަލެއް ވަނީ ޕޮޒިޓީވްވެފަ އެވެ.

މިއަދު 40 ރޭންޑަމް ސާމްޕަލްއާއި، 22 ކޮންޓެކްޓް ސާމްޕަލް އިއްޔެ ނަގާފައިވާއިރު، 62 ސާމަޕަލްވެސް ނެގެޓިވްކަމަށް ކޭއާރުއެޗުން ބުންޏެވެ. އޭގެ އިތުރުން ފްލޫ ކްނިކުން 5 ސާމްޕަލްއާއި، ފުރަބަންދު 4 ސާމްޕަލެއް ނަގާފައިވެއެވެ. މިއަދު ވަނީ އެކަކު ބަލިން ރަނގަޅުވެސް ވެފައެވެ.

ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަމަށާއި ފުލޫ އޯޕީޑީއަށް ގޮސް ނުވަތަ 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސް ކޮށްގެން ސާމްޕަލް ނެގުމުމަށްވެސް ވަނީއެދިފަ އެވެ.

ކުޅުދުއްފުށިން މިދިޔަ މަހު 24 ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

މި ހާލަތުން އަރައިގަތުމަށް، ގިނަ ފަރާތްތަކެއްގެ ރެންޑަމް ސާމްޕަލް ނެގި ރަށުގައި އިތުރަށް ބަލި ނުފެތުރޭކަން ޔަޤީންކުރަން ޖެހޭތީ، އެންމެހާ ރައްޔިތުންވެސް ރެންޑަމް ސާމްޕަލް ނެގުމަށް އެއްބާރުލުން ދިނުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355