twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބިގް މެކްގެ ރަސްގެފާނުކަމަށް ބުނެވޭ ޑޮނާލްޑް ގޯރސްކް، މީ ކާކު؟

މުޙައްމަދު އަހުމަދު
Aug 8, 2021

1999 ވަނަ އަހަރު އެންމެ ގިނަ ބިގް މެކް ކޭ މީހާގެ ލަގަބު ހާސިލްކޮށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދި ޑޮނާލްޑް ގޯރސްކް މިވަނީ އަނެއްކާވެސް މިރެކޯޑް އިތުރަށް ފުރިހަމަކޮށްލާފަ އެވެ.

ފުރަތަމަ ރެކޯޑް ހެދިތާ 22 އަހަރު ފަހުން ބިގް މެކްގެ ބާގާރސް ކޭ ޖުމްލަ އަދަދު މިވަނީ 32340 އަށް އަރުވާލާފަ އެވެ. ޑޮނާލްޑްގެ ކެއުމުގެ ރޫޓިން އަކީ ދުވާލެއްގެ މައްޗަށް 2 ބާރގާ ކެއުމެވެ. އެއީ ހަފްތާއަކު 14 އެވެ.

އޭނާގެ ފާސްޓް-ފުޑްގެ މި ރާސްތާ ފެށުނީ 1972 ވަނަ އަހަރުގެ މޭމަހުގެ 17 ގަ އެވެ. އެއީ އޭނާއަށް ކާރެއް ލިބުނު ފަހުންނެވެ. އޭރު އޭނާ ދުވާލެއްގެ މައްޗަށް 9 ބިގް މެކް ބާރގާ ކައެވެ. އެދުވަހަށް ފަހު އޭނާ ބާރގާ ކާ މިންވަރު ރެކޯޑް ކުރެ އެވެ.

ޑޮނަލްޑަށް ބާރގާ ކެވޭވަރު ރެކޯޑްކޮށް ހެދުމަކީ ވަރަށް ސީރިއަސްކަމާއެކު އޭނާ ކުރާ ކަމެކެވެ. އޭނާ މިކަން ފެށި ފަހުން ކޭ ހުރިހާ ބާރގާއެއްގެ ވެސް ރެކޯޑްސް އޭނާގެ އަތުގައި އެބަހުއްޓެވެ. އަދި އެދުވަހަށް ފަހު އޭނާ ކާ ކޮންމެ ބާރގާއެއްގެ ބިލާ، ބާރގާ ލައިފައި އިންނަ ޕެކޭޖްވެސް އޭނާ ރައްކާކުރެ އެވެ. އެތަކެތި ހަރަކަށް ލާފައި ލޭބަލް ޖަހާފައި ހުރެ އެވެ.

މިކެއުމަކީ އޭގައި 563 ކެލޮރީސް އެއްޗެއްގައި އެކުލެވޭ ކެއުމެކެވެ. އެހެންކަމުން އޭނާ އެހާވަރަށް އެކާއިރު ވެސް އެހާ ސިއްހަތު ރަނގަޅުކޮށް ހުންނަ ސަބަބާމެދު އެތައް ބައެއްގެ ހިތުގައި ސުވާލު އުފެދެ އެވެ. ޑޮނާލްޑް ބުނާގޮތުގައި އޭނާގެ ސިއްރަކީ އޭނާގެ އެހެން ކެއުންތަކާ އެކު ދުވާލަކު ދެ ބާރގާ ކައިފައި އޭގައި ހުންނަ ޗިޕްސް ކޮޅު ނުކައި ދޫކޮށްލުމެވެ.

30 ހާހަށްވުރެ ގިނަ ބާރގާސް ޑޮނަލްޑް ކައިފައިވާއިރުވެސް އޭނާގެ ހަކުރު ލެވަލާއި ކޮލެސްޓްރޯލް ލެވަލް ވަރަށް ރަނގަޅެވެ. އަދި ސިއްހަތު ރަނގަޅު މިންވަރެއްގައި ދެމެހެއްޓުމަށް އޭނާ ދުވާލަކު ހަ މޭލަށް ހިނގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355