twitterviber whatsapp telegramfacebookyoutube instagram
29th March 2026

"ވީ ފޯރ އިންޑިޔާ" އިވެންޓުގައި ޝިލްޕާ ބައިވެރިވަނީތަ؟

ޚަދީޖާ އާދަމް
Aug 10, 2021

ބޮލީވުޑްގެ އެކްޓަރު ޝިލްޕަ ޝެޓީގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ރާޖް ކުންދުރާ ހައްޔަރުކުރި ފަހުން މީޑިޔާތަކާއި ދުރުގައި ހުރި ޝިލްޕާ ކުރިން ބައިވެރިވާން ހަމަޖެހިފައިވާ ފަންޑް ރެއިިޒިން އިވެންޓް "ވީ ފޯރ އިންޑިޔާ" ގައި ބައިވެރިވާނެ ކަމަށް އަޑުފެތުރެމުން ދާއިރު ޝިލްޕާގެ ފަރާތުން އެކަމަށް އެއްވެސް ޖަވާބެއް މިހާތަނަށް ދީފައެއް ނުވެއެވެ.

ގިނަ ތަރިންތަކާކާއެކު ބާއްވާ މި ފަންޑް ރެއިޒިންއަކީ ކޮވިޑް-19 އާއި ގުޅިގެން މިމަހު 15 ގައި ބާއްވާ ވާޗުވަލް އިވެންޓެކެވެ. އެގޮތުން ހޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިޔާ އެޑް ޝީރަން ވެސް އިވެންޓުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ރާޖްކުމާރު ރާއޯ ހޯސްޓްކުރާ މި އިވެންޓްގައި ބޮލީވުޑްގެ ތަރިންކަމަށްވާ އަރުޖުން ކަޕޫރް، ދިއާ މިރްޒާ، ޕަރިނިތީ ޗޯޕްރާ، ސައިފް އަލީ ޚާން، ސާރާ އަލީ ޙާން ގެ އިތުރުން ޑައިރެކްޓާ އަދި ޕްރޮޑިއުސާރ ކަރަން ޖޯހަރުވެސް ބައިވެރިވާނެ އެވެ.

3 ގަޑިއިރަށް ކުރިއަށް ގެންދާ މިފަދަ ބޮޑު އިވެންޓެއްގައި ޝިލްޕާ ބައިވެރިވެދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ސަބަބަކީ ރާޖް ހައްޔަރުކުރި ފަހުން ކެމެރާތަކާއި ފިލައިގެން ޝިލްޕާ އުޅޭތީއެވެ. އެގޮތުން އޭނާ ޖަޖްކަން ކުރާ ސްޕަރ ޑާންސަރ 4 ން ވެސްވަނީ ބްރޭކެއް ނަގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355