twitterviber whatsapp telegramfacebookyoutube instagram
29th March 2024

ގަރލްސް ޓު ކޯޑް މި ފަހަރު ކުޅުދުއްފުށީގައި

ނަބީލާ އިސްމާޢީލް
Aug 10, 2021

ދިރާގާއި ވިމެން އިން ޓެކް ގުޅިގެން އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދިނުމަށް ކުރިއަށްގެންދާ "ގާލްސް ޓު ކޯޑް"ގެ ތިންވަނަ ޕްރޮގްރާމް ކުޅުދުއްފުށްޓަށް ހާއްސަކޮށް، ރެޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.

އެ ޕްރޮގްރާމު އަމާޒުކޮށްފައިވަނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެން ކުދިންނަށެވެ.

މި ޕްރޮގުރާމުގައި ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި އެޗް.ޓީ.އެމް.އެލް. އާއި ސީ.އެސް.އެސް. އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ހިމެނެއެވެ. މީގެ ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ލިބިފައިނުވާ ފަރާތްތަކަށްވެސް އެ ޕްރޮގްރާމުގައި ބައިވެރިވެވޭނެއެވެ.

އެ ޕްރޮގްރާމް ކުރިއަށްދާނީ ދެ މަސް ދުވަހުގެ މުއްދަތަށް އޮންލައިންކޮށެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވާން އެއްވެސް ފީއެއް ނުނަގާނެއެވެ.

ދިރާގާއި ވިމެން އިން ޓެކް ގުޅިގެން މި ޕްރޮގްރާމު ހިންގަނީ އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިކޮށް، އެ ދާއިރާގައި ދެމިތިބުމަށް ބާރު އެޅުމުގެ ބޭނުމުގަ އެވެ. މީގެ ކުރިން ބޭއްވި ދެ ޕްރޮގްރާމަށް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

މި ޕްރާގްރާމު އެންމެ ފުރަތަމަ ބޭއްވީ ފުވައްމުލަކުގަ އެވެ. ދެވަނަ ޕްރޮގްރާމް ބާއްވާފައިވަނީ ގދ. ތިނަދޫގަ އެވެ.

މި ޕްރޮގްރާމުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން https://bit.ly/girlstocodemv2021 މި ލިންކުން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށައެޅުމަށާއި ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 15 އޯގަސްޓް 2021 ގެ ނިޔަލަށް ކަމުގައި ދިރާގުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355