twitterviber whatsapp telegramfacebookyoutube instagram
18th May 2024

މެސީ ޕީއެސްޖީއާއެކު 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މުޙައްމަދު އަހުމަދު
Aug 11, 2021

21 އަހަރަށް ފަހު ބާސާ ދޫކޮށްލުމަށްފަހު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ޕީއެސްޖީއަށް ސޮއިކޮށްފަ އެވެ.

އުމުރުން 34 އަހަރުގެ މެސީ އަދި ބާސެލޯނާ ނޫން ކުލަބަކަށް އޭނާގެ ކެރިއަރުގައި ވެސް ކުޅެފައެއް ނުވެ އެވެ. ބާސާއަށް މެސީ ދޫކޮށްލަން ޖެހުނީ ލަލީގާ ފައިނޭޝަލް ފެއާ ޕްލޭ ގަވައިދުގެ ތެރެއިން އެކަން ވާން ނެތުމުންނެވެ.

ލަލީގާއިން ބާސެލޯނާ އަށް ވެސް ލީގުގެ ގަވާއިދު މުގުރާ ނުލެވޭނެ ކަމަށް ބުނުމުން އެކުލަބަށް ޖެހުނީ ކުލަބުގެ އެންމެ މުހިއްމު އަދި ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ މުޅިން ހިލޭ ޓްރާންސްފާއެއްގެ ދަށުން ދޫކޮށްލާށެވެ.

"
"އަހަރެންނަށް އެނގޭ މިތާ ތިބީ ކިހާ ހުނަރުވެރި ކުޅުންތެރިންތަކެއް ކަމާއި ސްޓާފުންތަކެއް ކަން. އަހަރެން މިހިރީ އެމީހުންނާއި އެކު ކުރިއަރާ ދިއުމުގެ ވަރަށް ގަދަ އަޒުމެއްގައި. އަހަރެން ބޭނުން ކުލަބަށާއި ފޭނުންނަށް ކޮންމެވެސް ކަމެއް ކޮށްދޭން. އަހަރެން މިހިރީ ޕާކް ޑި ޕްރިންސެސް ދަނޑަށް އަރަން ކެތްމަދުވެފައި."
ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، ލިއޮނަލް މެސީ

އާޖެންޓީނާއާ އެއްކޮށް އެންމެ ފަހުން ބޭއްވި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި މެސީ ބުނީ އޭނާގެ ހަޔާތުގެ މުޅިން އާ ބާބެއް މިތާ (ޕެރިސް) ގައި ފަށަން ކެތްމަދުވެފައިވާ ކަމަށާއި ކުލަބުގެ ނަޒަރު ހުރީ އޭނާގެ އަމާޒުތަކަށް ވާސިލްވެވޭނެ ފަދަ މިސްރާބެއްގައި ކަމަށެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލަންޑޯ އެވޯޑް ހަފަހަރު ކާމިޔާބުކޮށްފައިވާ މެސީ ވަނީ ބާސާއާއެކު 35 ޓްރޮފީ ކާމިޔާބުކޮށްފި އެވެ. 13 އަހަރުގައި ބާސާއަށް ވަން މެސީ ވަނީ އެކުލަބަށް ކުޅެދިން 778 މެޗުގައި 672 ލަނޑު ވަނީ ކާމިޔާބުކޮށްފަ އެވެ.

މެސީއަކީ ޕީއެސްޖީން މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ހިލޭ ހޯދި 4 ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެޓީމުން ވަނީ ޔޫރޯ 2020 ގެ އެންމެ މޮޅު ކުޅުންތެރިޔާ ޖިއަންލުއިޖީ ޑޮންނަރުމާ އާއި ޖޯޖީނިއޯ ވައިނާލްޑަމް އަދި ރެއާލްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޮސް ހިލޭ ޓްރާންސްފާއެއްގެ ދަށުން ގެނެސްފަ އެވެ.

ޕީއެސްޖީގައި މެސީގެ ނަމްބަރަކީ 30 އެވެ. މެސީއާއެކު ޕީއެސްޖީގެ ކުރިއަށް ކުޅެން ތިބޭނީ ދުނިޔޭގެ އެންމެ އަގު ބޮޑު ދެކުޅުންތެރިންނެވެ. އެއީ ފުރާންސުގެ ތަރި ކިލިއަން އެމްބާޕޭ އާއި ބުރެޒިލްގެ ތަރި ނޭމާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355