twitterviber whatsapp telegramfacebookyoutube instagram
19th June 2026

ހުއްދަ ނެތި ދައްޕަރަށް އަރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ

ޚަދީޖާ އާދަމް
Aug 12, 2021

ހއ ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ދައްޕަރަށް ހުއްދަ ނެތި އަރައި ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް އެ ކައުންސިލުން ބުނެފި އެވެ.

އެކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެރަށުގެ އިޚްތިޞާޞެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދައްޕަރަށް ހުއްދަނެތި އަރާ އަކިރިނަގާ، ރުކާއި ލަކުޑި ފަދަ ތަކެތި ކަނޑާކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާކަމަށާއި ދައްޕަރަށް އެރުމާއި ދައްޕަރު ބޭނުން ކުރަންވާނީ އެ ކައުންސިލްގެ ހުއްދައާއެކުކަމަށެވެ.

ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނޫގެ ދަށުން ފިއްލަދޫގެ އިޚްތިޞާޞްގެ ތެރޭގައި ދައްޕަރު ހިމަނާފައިވަނީ މިިދިޔަ އަހަރު މާރޗު 18 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355