twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިރާގު "ސަޅި ޕްރިޕެއިޑް" ޕްލޭން ގުޅާލުން މުޅިން ހިލޭ!

ނަބީލާ އިސްމާޢީލް
Aug 12, 2021

ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު އެއް ޖީބީގެ ޑޭޓާ ލިބޭ، ހިލޭ ފޯނު ކުރެވޭ އާ ޕްރިޕެއިޑް ޕްލޭންތަކެއް ތައާރަފްކޮށްފިއެވެ.

ދިރާގުން "ސަޅި ޕްރިޕެއިޑް"ގެ ނަމުގައި ތައާރަފް ކުރި ޕްލޭންތައް ބަހާލެވިފައި ވަނީ އެއް ހަފުތާ، ދެ ހަފުތާ ނުވަތަ އެއް މަސްދުވަހުގެ މުއްދަތަށެވެ. އެގޮތުން އެއް ހަފްތާގެ ޕްލޭން 145 ރުފިޔާއަށް، ދެ ހަފްތާގެ ޕްލޭން 225 ރުފިޔާއަށް އަދި އެއް މަހުގެ ޕްލޭން 445 ރުފިޔާއަށް ލިބެން ހުންނާނެއެވެ.

ކޮންމެ ޕްލޭނަކުން ދުވާލަކު ލިބޭ އެއް ޖީބީ ޑޭޓާ އެލަވަންސްގެ އިތުރުން ހިލޭ ސޯޝަލް މީޑިއާ ޑޭޓާ އަދި އަން-ލިމިޓެޑް ކޮށް މީހުންނަށް ގުޅައިލެވޭނެ އެވެ.

ދިރާގުގެ އާ ޕްރީޕެއިޑް ޕްލޭންތަކަކީ އެންމެ ގިނަ ޑޭޓާ، އެއް އެކްޓިވޭޝަނަކުން ފޯރުކޮށްދޭ ޕްރީޕެއިޑް ޕްލޭންތަކެކެވެ.

"ސަޅި ޕްރީޕެއިޑް" ތައާރަފުކުރުމާ ގުޅިގެން ދިރާގުން ވަނީ ކަސްޓަމަރުންނަށް އޮފާއެއް އެއްވެސް ހުޅުވާލައިފަ އެވެ. "ސަޅި ވީކްލީ" އަދި "ސަޅި ދެ ވީކްސް" ޕްލޭނުން ކަސްޓަމަރުންނަށް އަންނަ މަހުގެ 12 އާ ހަމައަށް އެއް ޖީބީގެ ބަދަލުގައި ދެ ޖީބީގެ ޑޭޓާ ކޮންމެ ދުވަހަކު ލިބޭނެ އެވެ.

ދިރާގުގެ ކޮންޒިއުމާ ޕްރިޕެއިޑް އައިޝަތު އިޝާނާ ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން އެ ބަދަލުތައް ގެނައުމަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދިރާގުން މި ފަހަރު ތައާރަފުކުރީ މުޅި މަހަށް ބަހާލާ ނަމަ މާކެޓްގައި ލިބޭނެ އެންމެ ހެޔޮ އަގުގެ ޕްރީޕެއިޑް ޕްލޭނެވެ.

ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ޕްލޭން އެކްޓިވޭޓް ކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355