twitterviber whatsapp telegramfacebookyoutube instagram
26th April 2024

މަގްޞަދުތަކެއް ޕްރެޒެންޓޭޝަނެއްގެ ސިފައިގައި ލިޔެވިފައި އޮތުމަކުން އަދި އެމަގްޞަދުތަކެއް ހާޞިލު ނުވާނެކަމަށް ކުޅުދުއްފުށީ ކަސްޓަމްސްގެ ޗީފް ކަސްޓަމްސް އޮފިސަރ ވިދާޅުވެއްޖެ

May 23, 2011

އިބްރާހިމް ހަމީދު

މަގްޞަދުތަކެއް ޕްރެޒެންޓޭޝަނެއްގެ ސިފައިގައި ލިޔެވިފައި އޮތުމަކުން އަދި އެމަގުޞަދުތަކެއް ހާޞލު ނުވާނެކަމަށް ކުޅުދުއްފުށީ ކަސްޓަމްސް މިވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި ޗީފް ކަސްޓަމްސް އޮފިސަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ކަސްޓަމްސް ހިންގުމާހަވާލުވެހުރި ޔާސިރު އަބްދުއްލަތީފް މިހެން ވިދާޅުވީ ކުޅުދުއްފުށީ ކަސްޓަމްސްގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި މަސައްކަތް ކުރާ މުއްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ޖޫންމަހުގެ 12 އިން 20 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް ފުޓްސަލް ކަޕްގެ ގުރުއަތުލުމަށް މިރޭ ކުޅުދުއްފުށީ ޕޯރޓް ލިމިޓެޑްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުންނެވެ.

ޗީފް ކަސްޓަމްސް އޮފިސަރުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، މަގްޞަދެއް ހާޞިލު ވަނީ އެމަގްޞަދު ރަގަޅަށް އެގިގެން މަސައްކަތް ކުރެވިގެން ކަމަށާއި މިމުބާރާތްވެސް ކުރިއަށްދާއިރު މުބާރާތުގެ މަގްޞަދުތައް ކާމިޔާބުކަމާއިއެކު ހާޞިލް ކުރެވޭނީ ހުރިހާ މުވައްޒަފުންވެސް އުޅުމާއި ގުޅުން ރަނގަޅަށް ބައްޓަން ކުރެވިގެން ކަމަށް ވިދާޅުވިއެވެ. އަދި މިމުބާރާތު އަސްލު ކާމިޔާބީއާ ހަމައަށް ގެންދިއުމަށް މުބާރާތުގެ ބައިވެރިވި މުއައްސަސާތަކުގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގަތެވެ.

ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމަތު ދެއްވަމުން ކުޅުދުއްފުށީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ ރައީސް މުހައްމަދު އާތިފް ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަޑު މަގްޞަދަކީ، ބަނދަރުގައި މަސައްކަތް ކުރާ މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާ ކޮށް ގުޅުން ބަދަހި ކުރުމެވެ.

އިންޓަރ އޮފީސް ފުޓްސަލް މުބާރާތް މިދިޔަ އަހަރު ބާއްވާފައިވަނީ ކުޅުދުއްފުށީ ޕޯރޓް ލިމިޓެޑްގެ ރެކްރިއޭޝަން ކްލަބުން ކަމަށްވީނަމަވެސް މިއަހަރު މިމުބާރާތް އިންތިޒާމް ކުރަނީ ކުޅުދުއްފުށީ ކަސްޓަމްސްގެ ރެކްރިއޭޝަން ކްލަބުންނެވެ.

މި މުބާރާތުގައި ޖުމްލަ ފަސްޓީމު ހިމެނެއެވެ. އެ ފަސްޓީމު ނަގާފައިވަނީ ބަނދަރުގައި މަސައްކަތް ކުރަމުންދާ ކުޅުދުއްފުށީ ޕޯރޓްލިމިޓެޑް، ކަސްޓަމްސް، އަދި އިމިގުރޭޝަންގެ މުވައްޒަފުންގެ މެދުގައި ގުރުއަތު ލައިގެންނެވެ.

މުބާރާތުގެ ގުރުއަތު ނެގުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ޕޯރޓް ލިމިޓެޑްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފް އާއި ބަނދަރުގައި ހުންނަ އިމިގްރޭޝަން ޔުނިޓުން މުހައްމަދު ދާއޫދު ވާހަކަ ދެއްކެވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355