twitterviber whatsapp telegramfacebookyoutube instagram
20th April 2024

މުސްލިމް އާއިލާތަކަށް ނިސްބަތްވާ ބޮލީވުޑްގެ ތަރިން

ޚަދީޖާ އާދަމް
Aug 15, 2021

ބޮލީވުޑްގައި މަސައްކަތްކުރާ ގިނަ ތަރިންނަކީ މުސްލިމް އާއިލާއަށް ނިސްބަތްވާ ތަރިންނެވެ. އެގޮތުން 3 ޙާނުންގެ ގޮތުގައި އަހަރެމެންނަށް އެނގޭ ސަލްމާން، އާމިރު އަދި ޝާހުރުކް އަކީވެސް މުސްލިމް އާއިލާތަކަށް ނިސްބަތްވާ ތަރިންނެވެ.

މީގެ އިތުރުންވެސް ބޮލީވުޑްގެ ގިނަ ތަރިންތަކެއް މުސްލިމް އާއިލާތަކަށް ނިސްބަތް ވެއެވެ. އެ އިންޑަސްޓްރީގައި އެފަދަ ގިނަ ތަރިންތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ކުރީގެ އެކްޓަރުންނާއި މިހާރުގެ އެކްޓަރުންވެސް ހިމެނެއެވެ. ނަމަވެސް ކުރީގެ ގިނަ މުސްލިމް ތަރިން ސްޓޭޖް ނަމެއްގެ ގޮތުގައި ބޭނުން ކުރަމުންއައި ހިންދޫ ނަަންތަކެވެ.

1- ކެޓްރީނާ ކައިފް

ކެޓްރީނާ މަންމަ އަކީ ކްރިސްޓިއަނެއް ނަމަވެސް އޭނާގެ ބައްޕައަކީ މުސްލިމެކެވެ. މުހައްމަދު ކައިފްއަކީ ކަޝްމީރަށް ނިސްބަތްވާ ބްރިޓިސް ވިޔަފާރި ވެރިއެކެވެ. މަންމަ ސުޒާންއަކީ ވަކީލެކެވެ. ކެޓްރީނާގެ ރިލިޖިއަންގެ ގޮތުގައި އިސްލާމް އިންކަމުގައި ވިއަސް އޭނާ ކްރިސްޓިއަން ދީނުގެ ކަންކަމުގައި ޝާމިލްވެ އުޅެއެވެ.

2- އަދިތި ރާއޯ ހައިދަރީ

ބޮލީވުޑްގެ އެންމެ ރީތި ތަރިންގެ ތެރޭގައި ހިމެނޭ އަދިތީގެ އަކީވެސް މުސްލިމް އާއިލާއަށް ނިސްބަތްވާ ތަރިއެކެވެ. އަދިތީގެ މަންމައަކީ ހިންދޫއެކެވެ. އަދި ބައްޕަ އަކީ މުސްލިމެކެވެ. މީގެ އިތުރުން އަދިތީ ނިސްބަތްވަނީ އިންޑިޔާގެ ޝަހީ އާއިލާއަކަށެވެ. އޭނާގެ މަންމަ ފަރާތު މުނި ކާފައަކީ އިންޑިޔާގެ ވަނަޕާރތީ ސްޓޭޓްގެ ލީޑަރެކެވެ. އަދި ބައްޕަ ފަރާތު މުނިކާފަ އަކީ އިންޑިޔާ ބްރިޓިޝްގެ ހިމާޔަތުގައި އޮތް ދުވަސްވަރު ބްރިޓިޝްގެ ފަރާތުން އެންމެ ފަހުން ކަނޑައަޅުއްވާފައި ހުރި ގަވަރްނަރު މުހައްމަދު ސަލެހް އަކްބަރު ހައިދަރީ އެވެ.

3- އާލިޔާ ބަޓް

އަލީޔާގެ މަންމަ ސޯނީ ރަޒްދަން އަދި ބައްޕަ މަހޭޝް ބަޓްވެސް ނިސްބަތްވަނީ މުސްލިމް އައިލާތަކަށެވެ. އެގޮތުން ބައްޕަ ފަރާތުގެ އާއިލާއަށް ބަލާއިރު އާލިޔާގެ ކާފައަކީ ގުޖްރާތީ ބްރަހަމިން އާއިލާއަށް ނިސްބަތްވާ މިހެއް ނަމަވެސް މާމައަކީ ގުޖުރާތީ މުސްލިމެކެވެ. އާލިޔާގެ މަންމަ ސޯނީ އާއިލާ ނިސްބަތްވަނީ ބްރިޓިޝް މުސްލިމް އާއިލާއަކަށެވެ. ސޯނީއަކީ އެކްޓަރު އިމްރާން ހާޝިމީގެ ބޮޑުދައިތައެއްވެސް މެއެވެ.

4- ޝާހިދު ކަޕޫރް

ޝާހިދު ކަޕޫރްގެ މަންމަ ނީލިމާ އަޒްމީއަކީ މުސްލިމެކެވެ. ބައްޕަ ޕަންކަޖް ކަޕޫރަކީ ހިންދޫއެކެވެ. ޝާހިދު ދެ ކުދިންނަށް ވެސް ކިޔާފައިވަނީ މުސްލިމް ނަންތަކެވެ. ދޮށީ ދަރިފުޅަށް މިޝާ އަދި ހަގު ދަރިފުޅަށް ޒައިންއެވެ. މީގެ ކުރިން ދިން އިންޓަވިއުއެއްގައި ޝާހިދު ބުނީ އޭނާގެ ކުދިންގެ ނަން ދިނީ މަންމަ ނީލިމާކަމަށް ބުނެފައެވެ.

5- ދިލިޕް ކުމާރު

ދިލިޕް ކުމާރުގެ އަސްލުނަމަކީ މުހައްމަދު ޔޫސުފް ޚާންނެވެ. މިއީ ބޮލީވުޑްގެ ފުރަތަމަ ޚާންއެވެ. ނަމަވެސް ސްޓޭޖް ނަމެއްގެ ގޮތުގައި ބޭނުންކުރަނީ ދިލިޕް ކުމާރް މި ނަމެވެ. ޕެޝާވަރް ޕާކިސްތާން އާއިލާއަށް ނިސްބަތްވާ ދިލިޕް އޭނާގެ ސްޓޭޖް ނަމަށްކަށް ދިލިޕް ހަމަޖެއްސީ ދެވިކާ ރާނީގެ އެދުމުގެ މަތިންނެވެ.

6- މީނާ ކުމާރީ

ޗައިލްޑް އާރޓިސްގެ ގޮތުގައި 1939 ގައި ހިންދީ ފިލްމު އިންޑަސްޓްރީއަށް ނުކުތް މީނާ ކުމާރީގެ އަސްލުނަމަކީ މަހްޖަބީން ބާނޯ އެވެ. 1933 ވަނަ އަހަރު އުފަންވި މަހްޖަބީން އަށް މީނާގެ ނަން ދިނީ ޑައިރެކްޓަރު ވިޖޭ ބަޓް އެވެ. އެއިރު ބޭނުން ކުރީ "ބޭބީ މީނާ" ގެ ގޮތުގައެވެ. ފަހުން ބޮލީވުޑަށް ނުކުމެ ނަން މީނާ ކުމާރީއަށް ބަދަލުކުރި އެވެ.

7- މަދުބާލާ

ހިންދީ ފިލްމު އިންޑަސްޓްރީގައި މިހާތަނަށް ފެނުނު އެންމެ ރީތި ބަތަލާ މަދުބާލާ ނުވަތަ އަސްލުނަމުން ނަމަ މުމްތާޒް ޖަހަން ދެއްލަވީ އުފަންވީ 1993 ވަނަ އަހަރުއެވެ. މަދުބާލާވެސް ނިސްބަތްވަނީ ޕާކިސްތާނުގެ އާއިލާއަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355