twitterviber whatsapp telegramfacebookyoutube instagram
26th February 2026

ކުށުގެ ވެށްޓަށް ކުދިން ހުށަހެޅިފައިވާ މިންވަރު ދެނެގަތުމުގެ ތަމްރީން ޕްރޮގުރާމެއް

Aug 15, 2021

ކުށުގެ ވެއްޓަށް ކުޑަކުދިން ހުށަހެޅިފައިވާ މިންވަރު ދެނެގަތުމަށް ހަދާ ރިސްކް އެސެސްމަންޓަށް ކޭސް ވޯކަރުން އަހުލުވެރިކުރުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ތަމްރީނު ޕްރޮގުރާމެއް ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި އދ. ގެ ޑްރަގްސް އެންޑް ކްރައިމް އޮފީސް (ޔޫއެންއޯޑީސީ) ގުޅިގެން ފެށި މި ތަމްރީނު ޕްރޮގްރާމް ފައްޓަވައިދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރެވެ.

ހޯމް މިނިސްޓްރީން ބުނީ މި ތަމްރީނު ޕްރޮގްރާމުގެ މަގުސަދަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު, ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޔޫއެންއޯޑީސީއާ ގުޅިގެން އެ ޑިޕާޓްމަންޓްގެ ޓެކްނިކަލް މުވައްޒަފުން ތަމްރީނުކުރުން ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ވެސް ޔޫއެންއޯޑިސީގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ރިކްސް އެސެސްމަންޓަކީ ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވިގެން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އަށް މައްސަލަ ހުށަހެޅުމުން ކުއްޖާގެ ހާލަތު ދެނެގަތުމަށް ހަދާ އެސެސްމަންޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355