twitterviber whatsapp telegramfacebookyoutube instagram
30th April 2024

އެމްޑަބުލިއުއެސްސީގެ އޮޕަރޭޝަން ސެންޓަރު ރީ-ލޮކޭޓްކުރަނީ

ޚަދީޖާ އާދަމް
Aug 16, 2021
1

ކުޅުދުއްފުށީ އުތުރުކޮޅު ސަރަހައްދުގައި ހުރި އެމްޑަބުލިއުއެސްސީގެ އޮޕަރޭޝަން ސެންޓަރު، ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ބިން ހަމަޖައްސައިދީފި އެވެ. އޮޕަރޭޝަން ސެންޓަރު އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ބިން ހަމަޖެއްސީ އެކަމަށް އެ ކުންފުނިން ކައުންސިލުގައި އެދުމުންނެވެ.

އެ ސަރަހައްދުގައި އެއާޕޯޓް ތަރައްގީކުރުމާ ގުޅިގެން، އޮޕަރޭޝަން ސެންޓަރަށް މުވައްޒަފުން ވަދެ ނުކުމެ އުޅެން ޖެހެނީ އެއާޕޯޓްގެ ހުއްދައާއެކު އެވެ. އަދި އެއާޕޯޓްގެ ސެކިއުރިޓީ ކަންތައްތަކުގެ ސަބަބުން އެމްޑަބުލިއުއެސްސީއަށް ދަތިތައް ކުރިމަތިވާތީ ބިން އެ ސެންޓަރު ރީ-ލޮކޭޓްކުރުމަށް އެކުންފުނިން މަސައްކަތްކުރަމުންދާތާ ދުވަސްތަކެއްވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަން ސެންޓަރަށް އާބިމެއް ހަމަޖައްސާފައިވަނީ އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 12 ވަނަ ޖަލްސާގައެވެ. އެގޮތުން ކައުންސިލުން އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަން ސެންޓަރަށް ބިން ކަނޑައެޅީ ކުޅުދުއްފުށީގައި ހުންނަ އައިބީއެމް އިމާރާތާއި އިންވެގެން ދެކުނުން ތިރީސްހާސް އަކަފޫޓްގެ ބިމެކެވެ.

ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް ކޭއޯއަށް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަން ސެންޓަރަށް ކަނޑައެޅި އާ ބިމުގެ ތެރެއަށް ކުނިކޮށީގެ ތަންކޮޅެއްވެސް ވަންނާނެ ކަމަށެވެ. އައިބީއެމް އިމާރާތާ އިންވެގެން ދެކުނުން ތިރީސްހާސް އަކަފޫޓްގެ ބިމެއް ދޭން ނިންމާފައިވާއިރު އެ އިމާރާތާ ކުނިކޮށްޓާ ދެމެދު މަގެއްވެސް އިންނާނެ ކަމަށް އާތިފް ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ އެމްޑަބްލިއުއެސްސީން އެދުނީ ޑްރައިވިން ޓްރެކް ސަރަހައްދުން ބިމެއް ދޭންކަމަށާއި ނަމަވެސް އެ ބިމަކީ 70000 އަކަފޫޓްގެ ބިމަަކަށްވެފައި ކުރިއަށްއޮތް ތަނުގައި މުހިއްމު ޕްރޮޖެކްޓްތަކަށް ބޭނުންކުރެވޭނެ ބިމެއްކަމަށްވާތީ، އައިބީއެމް ސަރަހައްދުން އެމްޑަބްލިއުއެސްސީއަށް ބިން ކަނޑައެޅީކަމަށެވެ.

އެމްޑަބުލިއުއެސްސީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރީގެ ކައުންސިލުންވެސް މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން އެމްޑަބުލިއުއެސްސީގެ އޮފީސް އިމާރާތާ ޖެހިގެން އޮތް، އަތޮޅު ކައުންސިލަށް ދޫކުރި ލައިސަންސް ޓްރެކް ހުރި ބިން އެމްޑަބުލިއުއެސްސީއަށް ހަމަޖެއްސި އެވެ.

އެކަމަކު އެ ބިމަކީ ބޮޑު ބިމަކަށްވެފައިވާ އެތަނުގައި ރަނގަޅު އެހެން ޕްރޮޖެކްޓްތައް ހިންގޭނެތީ އާ ކައުންސިލުން މަޝްވަރާކޮށް އެއަށްވުރެ ކުޑަ ބިމެއް ހަމަޖެއްސީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355