twitterviber whatsapp telegramfacebookyoutube instagram
18th April 2025

ޕޮޒިޓިވްވި ކޭސްއާ ގުޅިގެން 25 ސާމްޕަލެއް ނަގައިފި

ޚަދީޖާ އާދަމް
Aug 17, 2021

އިއްޔެ ކުޅުދުއްފުށި ފުލޫ އޯޕީޑީއަށް ދެއްކި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކޭސްގެ އިތުރު 25 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވީ އިއްޔެ ޕޮޒިޓިވްވި ކޭސްއާއި ގުޅިގެން ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 25 މީހެއްގެ ސާމްޕަލް މިހާރު ނަގާފައިވާނެ ކަމަށާއި ސާމްޕަލްތަކުގެ ނަތީޖާ މިއަދު ލިބޭނެ ކަމަށެވެ.

އެ ކޭސްއާއި ގުޅިގެން މިވަގުތު 15 ގެއެއްވަނީ މޮނީޓަރިންނަ ލާފައެވެ. އޮފިޝަލް ވިދާޅުވީ ފަހުން ޕޮޒިޓިވްވި ކޭސްވެސް ފެނިފައިވަނީ އެންމެ ފަހުން ކުޅުދުއްފުށިން ކޭސްތައް ފެނުނު ހިސާބާ ގާތްގަނޑަކަށް އެއް ސަރަހައްދަކުން ކަމަށެވެ.

ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަމަށާއި ފުލޫ އޯޕީޑީއަށް ގޮސް ނުވަތަ 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސް ކޮށްގެން ސާމްޕަލް ނެގުމުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355