twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޖަލާލުއްދީން ސްކޫލް ގުރޭޑް 11 އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު އަހުމަދު
Aug 17, 2021

2021/2022 ވަނަ އަހަރު ޖަލާލުއްދީން ސުކޫލް ގުރޭޑް 11 އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 16 އޮގަސްޓުން 5 ސެޕްޓެމްބަރުގެ ނިޔަލަށެވެ.

2021 ވަނަ އަހަރު ގުރޭޑް 11 އަށް ކުދިން ވައްދަން ހަމަޖެހިފައިވަނީ ސައިންސް އަދި ބިޒްނަސް ސްޓްރީމަށެވެ. ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ މިންގަނޑަކީ ސައިންސް ސްޓްރީމަށް ވަންނަ ދަރިވަރެއްނަމަ އެސް. އެސް. ސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ މާއްދާތަކުގެ ތެރެއިން ފިޒިކްސް، ކެމިސްޓްރީ، ބައެލޮޖީ މި ތިން މާއްދާގެ ތެރެއިން 2 މާއްދާއިން ފާސްވެ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ މާއްދާތަކުގެ ތެރެއިން އިތުރު 1 މާއްދާއިން ފާސްވެފައިވުމެވެ.

ބިޒްނަސް ސްޓްރީމަށް ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ މިންގަނޑަކީ އެސް. އެސް. ސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ މާއްދާތަކުގެ ތެރެއިން ބިޒްނަސް ސްޓަޑީސް/ކޮމާރސް، އެކައުންޓް، އިކޮނޮމިކްސް، މި 3 މާއްދާގެ ތެރެއިން 2 މާއްދާއިން ފާސްވެ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ މާއްދާތަކުގެ ތެރެއިން އިތުރު 1 މާއްދާއިން ފާސްވެފައިވުމެވެ.

ފާސްވިކަމަށް ބަލާނީ އޭ ސްޓަރ އާއި އޭ، ބީ އަދި ސީ ކަމަށް އެސުކޫލުން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

އޭލެވަލްއަށް ވަންނަ ދަރިވަރުންނަށް ކަނޑައަޅާފައިވާ އިތުރު ޝަރުތުތަކެއް ވެސް ވެ އެވެ. އެއީ 2019 އޮކްޓޫބަރު / ނޮވެމްބަރުގެ ކުރިން ޖީ.ސީ.އީ އޯލެވެލް އާއި އެސް. އެސް. ސީ އިމްތިހާނު ހަދާފައި ނުވުމާއި ދިވެހިރާއްޖޭގެ ޤާނޫނާ ޤަވާއިދާ ހިލާފުވެފައިވާ ނުވަތަ ޝަރުއީ މައްސަލައެއްގައި ހުކުމެއް އިއްވާފައި ކުއްޖެއް ކަމުގައި ނުވުމެވެ. އަދި ކައިވެންޏެއް ކޮށްފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

އޭލެވެލްއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް ޖަލާލުއްދީން ސުކޫލް ހޯލުގައި މިމަހު 19 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:30 ގައި އޮންނާނެ އެވެ. އަދި ދަރިވަރުންނަށް ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދާނީ މިހިނގާ އޮގަސްޓު މަހުގެ 16 އިން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 5 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން މެންދުރު 2 އަކަށެވެ. އަދި ފޯމު ބަލައިދުރުވާއިރު ނަތީޖާ ސްލިޕް ގެންދަންވާނެ ކަމަށްވެސް އެއިއުލާނުގައިވެ އެވެ،

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355