twitterviber whatsapp telegramfacebookyoutube instagram
16th April 2024

ދުނިޔޭގެ ދިރުންތަކާއި އެކިކަހަލަ ކަންކަމާ ބެހޭ އަޑުނީވޭ ހަގީގަތްތަކެއް

މުޙައްމަދު އަހުމަދު
Aug 19, 2021

ދުނިޔެއަކީ އަންތަރީސްކުރުވަނިވި އަޖައިބުން ފުރިގެންވާ ތަނެކެވެ. މޮޅެތި އީޖާދުތަކުން ފެށިގެން ދިރިއުޅޭ މާހައުލުގެ ތެރޭގައިވާ އަޖައިބުކުރުވާ ކަންތައްތަކާ ސިއްރުން ފުރިގެންވާ އެތައް ތަނެއް މިދުނިޔޭގައިވެ އެވެ. އަދި އެތައް ބަޔަކު ވެސް މޮޅެތި އާދަޔާހިލާފު ކަންކަން ކޮށް ހަދަ އެވެ.

ތިރީގައި މިވަނީ އެކަހަލަ އަޖައިބުކުރުވަނިވި 15 ކަމެކެވެ.

1. ޑެންޓިސްޓްރީއަކީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އެއް ދާއިރާ އެވެ.

2. ހާފުރުމަކީ ސިކުނޑިއަށް ފިނިކަން ގެނެސްދޭ ކަމެކެވެ.

3. މިސިސިޕީ ކޯރުގެ ޖުމްލަ ދިގުމިނަށް ފަތަން 68 ދުވަސް ނަގާނެ އެވެ.

4. އާފަލެއް ހަލާކުނުވެ 10 މަސްދުވަހު އޮވެ އެވެ.

5. ކުރީގައި ޕެންގުއީންސްގެ އިސްކޮޅު 6 ފޫޓަށް ވެސް އަރަ އެވެ.

6. އަރްމާންޑޯ ނަމަކަށް ކިޔާ ބެލްޖިއަން ކޮތަރެއްގެ އަގަކީ 1.4 މިލިއަން ޑޮލަރެވެ.

7. އެންމެ ފުރަތަމަ 3-ޑީ ފިލްމް އަޅުވާފައިވަނީ 1922 ވަނަ އަހަރު އެވެ.

8. 1600 ގެ އަހަރުތަކުގައި ކޮމްޕިއުޓަރ މިބަސް ބޭނުންކުރެވުނީ މީހަކަށް ނިސްބަތްކޮށެވެ.

9. ދުނިޔޭގެ އެންމެ ބޮޑު ވޯޓާ ފޯލް އިންނަނީ ކަނޑު އަޑީގަ އެވެ.

10. އެމެރިކާގައި ކޮންމެ ސިކުންތަކު 350 ފޮތި ޕިއްޒާ ވިކެ އެވެ.

11. ކުރީގެ އެމެރިކާ މީހުން ޓޮއިލެޓް ޕޭޕަރގެ ގޮތުގައި ބޭނުންކުރީ ރޯ ޒުވާރި އެވެ.

12. އޮރެންޖް ކުލައަށް އެނަން ދެވުނީ އޮރެންޖް މޭވާއިންނެވެ.

13. ބުޅަލެއްގެ ކަންފަތުގައި 32 މަސް ހުރެ އެވެ.

14. ދުނިޔޭގައި ހެދި އެންމެ ބޮޑު ވެލީގެ ބިނާ ނުވަތަ ކާސަލް ޖައްވުން ބަލާލިއަސް ފެނެ އެވެ.

15. ކޮންމެ 2000 ކުދިންގެ ތެރެއިން އެއްކުއްޖަކު ވިހަނީ ދަތަކާ އެކުގަ އެވެ.

16. ކެޗްއަޕް ނުވަތަ ސޯސްއަކީ އެއްއިރެއްގައި ބޭހެއްގެ ގޮތުގައި ބޭނުންކުރެވުނު އެއްޗެކެވެ.

17. ސޫދާނުގައި މިސްރަށްވުރެ ގާތްގަނޑަކަށް ދެގުނަ ގިނަ ޕިރަމިޑްސް ހުރެ އެވެ.

18. އޮސްޓްރޭލިއާގައި ހޮޓް ޕިންކް ކުލައިގެ ފެންގަނޑެއް އޮވެ އެވެ.

19. އަންހެން ސިންގާއިން ފިރިހެން ސިންގާއިންނަށް ވުރެ ގިނައިން ޝިކާރަކުރެ އެވެ.

20. އިރެއްގެ ތެރެއަށް މިލިއަނެއްހާ ދުނިޔެ ލުމުގެ ގާބިލުކަން ހުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355