twitterviber whatsapp telegramfacebookyoutube instagram
16th September 2026

ކުޅުދުއްފުށިން ޕޮޒިޓިވްވި އަދަދު 7 އަށް

ނަބީލާ އިސްމާޢީލް
Aug 18, 2021
3

ކުޅުދުއްފުށިން އިތުރު 4 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، މި ކްލަސްޓާއާއި ގުޅިގެން ޕޮޒިވްވި މީހުންގެ ޖުމްލަ 7 ށް އަރައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް)އިން ބުނީ މި މީހުންނަކީ 16 އޯގަސްޓްގައި ޕޮޒިޓިވްވި ކޭސް އާއި ގުޅުންހުރި ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 4 މީހެއް ކަމަށެވެ.

މި މަހު 16 ވަނަ ދުވަހު ޕޮޒިޓިވްވެފައިވަނީ އަލާމަތްތައް ހުރެގެން ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދެއްކި 51 އަހަރުގެ ފިރިހެނެކެވެ.

އެ ހޮސްޕިޓަލުން ބުނީ މީގެއިތުރުން ހުމާއި ރޯގާގެ އަލާމާތްތައް ހުރުމުން ފުލޫ އޯޕީޑީ އަށް ދެއްކި ނެއްލައިދޫގެ މީހަކު ވެސް ވަނީ ޕޮޒިޓިވްވެފައިކަމަށާއި މިވަގުތު ކުޅުދުއްފުށި ސިޓީގައި އެކްޓިވް ކޭސްގެ ޖުމްލައަކީ 20 ކަމަށެވެ.

ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަމަށާއި ފުލޫ އޯޕީޑީއަށް ގޮސް ނުވަތަ 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސް ކޮށްގެން ސާމްޕަލް ނެގުމުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293