twitterviber whatsapp telegramfacebookyoutube instagram
21st January 2026

ކޮވިޑްގެ ފިޔަވަޅުތައް ވަރުގަދަކުރަން ރައީސް މައުމޫނު ގޮވާލައްވައިފި

Aug 21, 2021

ސްރީލަންކާގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވުމާގުޅިގެން ރާއްޖެއިން ކޮވިޑްގައި އަޅާފައިވާ ފިޔަވަޅުތައް ހަރުދާ ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

މިއަދު ރައީސް މައުމޫނު ކުރެއްވި ޓްވީޓުގައި އަވަށްޓެރި ސްރީލަންކާގައި ކޮވިޑް ކޮންޓްރޯލްކުރުމަށް ލޮކްޑައުނަކަށް ގޮސްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއާއެކު ރާއްޖޭގައިވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ގޮތުން އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ސަރުކާރުންވަނީ ލުއިދީފައެވެ. އެގޮތުން ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ގިނަ އަދަދެއްގެ ލުއިތަކެއް ލިބިގެންދާގޮތަށް އުސޫލުތައް ވަނީ ބަދަލުކޮށްފައެވެ.

އެއާއެކު ދަތުރުފަތުރުކުރާމާއި އެހެނިހެން ކަންކަމުގައި ހިފެހެއްޓިފައިހުރި ކަންކަމަށް ވަރަށް ބޮޑަށް ވަނީ ލުއި ލިބިފައެވެ.

މިމަހުގެ ނިޔަލަށް ރާއްޖޭގެ އާބަދީގެ %90އަށް ވެކްސިން ޖެހުމަކީ ސަރުކާރުގެ އަމާޒެކެވެ. ވެކްސިން ނުޖަހާ މީހުންނަށް ރާއްޖޭގައިވެސް ވަނީ ހަރުކަށި ގޮތްތަކެއް ކަނޑައަޅައި އަމަލުކުރަން ފަށާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355