twitterviber whatsapp telegramfacebookyoutube instagram
21st January 2026

އެހެން ދީންތަކަށް ޖާގަ ހޯދަން ކުރާ މަސައްކަތާ ދެކޮޅަށް ތެދުވަންޖެހޭ

ނަބީލާ އިސްމާޢީލް
Nov 7, 2021

އިސްލާމް ދީން ނޫން އެހެން ދީންތަކަށް ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތް ތަކުން ކުރަމުންދާ މަސައްކަތްތަކާ މެދު ހޭލުންތެރިވުމަށާއި އެކަމާ ދެކޮޅަށް އަބަދުވެސް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި އެމްއާރްއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ދުވަސް ފާހަގަކުރަމުންދާއިރު ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެމި އޮތުމުގެ އަސްލަކީ އިސްލާމްދީންކަން ހަނދާން ކުރަންޖެހޭ ކަމަށެވެ.

އެގޮތުން ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމް ދީނުގެ ހިދާޔަތުކަމާއި އަދި ދިވެހި ޤައުމިއްޔަތު ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމަށްވާއިރު ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ އިސްލާމްދީން ކަމަށްވެސް އެ ބަޔާނުގައި ބުނެއެވެ.

"އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައި މިއޮތް އަޚުވަންތަކަމުގެ ގުޅުމުގެ ރޫޙު ވަރުގަދަކޮށް، އިސްލާމް ދީން ނޫން އެހެން ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތް ތަކުން ކުރަމުންދާ މަސައްކަތާއި މެދު ހޭލުންތެރިވެތިބެ، އެކަމާ ދެކޮޅަށް އަބަދުވެސް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ" އެ ބަޔާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355