twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެމްއެންޔޫގެ "ތެވެލި ބައިނަލްއަގްވާމީ މަހާސިންތާ 2021" މާދަމާ ފަށަނީ

Aug 22, 2021

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ޢިލްމީ ދިރާސާތަށް ހުށަހެޅުމަށް ބާއްވާ ހަތަރުވަނަ ތެވެލި ބައިނަލްޢަޤްވާމީ މަހާސިންތާ 23-24 އޮގަސްޓު އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޔުނިވަރސިޓީން ބުނެފި އެވެ.

މި މަހާސިންތާ މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ނަމަވެސް މަހާސިންތާ ހުޅުވުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 23 އޯގަސްޓް 2021 ވާ ހޯމަދުވަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައެވެ

މިމަހާސިންތާ މިއަހަރު ޚާއްޞަވެގެން ދަނީ ކޮވިޑް-19 އަދި މިނޫންވެސް މިފަދަ ކާރިސާތަކުގައި އަދި ކާރިސާއަށް ފަހު ވެސް އެކި އެކި ދާއިރާތަކުން ކުރާ އަދި ކުރަމުންދާ މަސައްކަތުގެ މައްޗަށް ކުރެވޭ ދިރާސާތަކަށެވެ. މަހާސިންތާއަކީ ތަފާތު އެކި ޑިސިޕްލިންތަކުން ޢިލްމީ ދިރާސާތައް ހުށަހެޅުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ސުކޮލަރުން ބައިވެރިވެގެން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ކޮންފަރެންސެވެ.

މި ކޮންފަރަންސްގެ އެންމެ މުހިންމު މަޤުޞަދަކީ ދިވެހި ރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒަމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ޢިލްމު އުފައްދާ، ޢިލްމު ކުރިއަރުވާ ޔުނިވަރސިޓީއަކަށްވުންކަމަށާއި މީގެ އިތުރުން ދިވެހި ރާއްޖެއަށް ބޭނުންވާ ޢިލްމީ ދިރާސާތަށް ކުރުމާއި ޤައުމީ މުހިންމު ނިންމުންތައް ނިންމުމުގައި ޢިލްމީ ދިރާސާގެ އަލީގައި ޤައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމާއ ޑޮކްޓަރ އޮފް ފިލޯސަފީ ހަދަމުންދާ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެހީތެރިވުން ކަމަށް އެންއެމްޔޫ އިން މައުލޫމާތު ދެއެވެ.

ޔުނިވަރސިޓީގެ ރިސާރޗް ޑިވެލޮޕްމަންޓް އޮފީހުން ރާވައިގެން ކުރިއަށް ގެންދެވޭ މި ކޮންފަރެންސަގައި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕޮރްފެސަރުންނާއި ދުނިޔެއަށް މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕޮރްފެސަރުންގެ އިތުރުން، ކުންފުނިތަކުން ހަދާފައިވާ ޢިލްމީ ހޯދުންތަކާއި ޤައުމީ ލެވެލްގައި ހޯދިފައިވާ ހޯދުންތަކާއި ދިވެހިން ޢިލްމީ ގޮތުން ހޯދައިފައިވާ ހޯދުންތަށް މިކޮންފަރަންސް ގައި ކުރިއަށްދާ އެކި ސެޝަންސްތަކުގައި ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މިކޮންފަރެންސްގެ ކީނޯޓު ސުޕިކަރުންގެ ގޮތުގައި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާ ޝަރަފުވެރި މެހެމާނުންނަކީ މިނިސްޓަރ އޮފް ހަޔައެޑިޔުކޭޝަން އޮނަރަބަލް، ޑރ. އިބްރާހިމް ޙަސަން، ޕްރޮފެސަރ ޙުސައިން ޝަރީފް، ޔުނައިޓަޑް ޢަރަބް އެމިރޭޓްސް ޔުނިވަރސިޓީ، ޔޫ.އޭ.އީ އެސޯސިއޭޓް ޕްރޮފެސަރ ސަންޑްރާ ޓްރޮޓްމަން، ނޯވާ އީސްޓަން ޔުނިވަރސިޓީ، ފްލޮރިޑާ، ޔޫ.އެސް.އޭ އަދި ޑރ. އަޙުމަދު އިބްރާހީމް، އީޑިތު ކޯވަން ޔުނިވަރސިޓީ، އޮސްޓްރޭލިއާ އެވެ.

2 ދުވަހުގެ މުއްދަތަށް ޤައުމީ ޔުނިވަރސިޓީގައި ބާއްވާ މި ކޮންފަރަންސްގައި ރާއްޖޭން ބޭރުންނާއި ރާއްޖޭގެ ކުންފުނިތަކާއި މިނިސްޓުރީތަކާއި މަތީ ތަޢުލީމް ދޭ މަރުކަޒުތަކާއި ޖުމްލަ 400 ބައިވެރިން ހަރަކާތްތެރިވާނެއެވެ. އަދި 60 އަށް ވުރެގިން ޕޭޕަރު ހުށަހެޅޭނެއެވެ.
މި ކޮންފަރެންސްގައި ހުށަހެޅޭ ދިރާސީ ކަރުދާސްތައް ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ކޮންފަރެންސަކަށެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ދިރާސާކުރުމަށް ޚާއްޞަ ސަމާލުކަމެއްދީގެން ފަންނީ ޢިލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޔުނިވަރސިޓީއަކަށްވުމާއެކު، މި ކޮންފަރެންސަކީ ޔުނިވަރސިޓީއަށާއި ދިވެހިރާއްޖެއަށް މުހިންމު ޢިލްމީ ދިރާސާތަކުގެ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރެވޭނެ ޚާއްޞަ ކޮންފަރެންސަކަށްވެގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355