twitterviber whatsapp telegramfacebookyoutube instagram
8th July 2026

ޖަލާލުއްދީން ސްކޫލް ދަރިވަރުންނަށް މިއަދު ވެކްސިން ދެނީ

މުޙައްމަދު އަހުމަދު
Aug 22, 2021

ޖަލާލުއްދީން ސްކޫލުގެ ދަރިވަރުންނަށް މިއަދު ވެކްސިން ޕްރޮގުރާމް ފަށަން ހަމަޖެހިފައިވާ ކަމަށް އެސްކޫލުން ބުނެފި އެވެ. އެސްކޫލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެސްކޫލުގައި މިއަދު އުމުރުން 12 އަހަރު ފުރި 18 އަހަރު ނުފުރޭ ދަރިވަރުންނަށް ވެކްސިން ދިނުމުގެ ޕްރޮގުރާމް ކުރިއަށް ގެންދާނެ ކަމަށެވެ.

ވެކްސިން ޖަހަން ހަމަޖެހިފައިވަނީ ގުރޭޑް 6 އަދި 7 އަށް މެންދުރުފަހު 3 ޖަހާއިރު އެވެ. އަދި ގުރޭޑް 8 ގެ ދަރިވަރުންނަށް 3:30 ގަ އެވެ. ގުރޭޑް 9 އަދި 10 އަކަށް ހަވީރު 4 ޖަހާއިރު ވެކްސިން ޖެހުމަށް ހަމަޖެހިފައިވާއިރު ގުރޭޑް 10 ނިމުނު ދަރިވަރުންނާއި ގްރޭޑް 12 ގެ ދަރިވަރުން ވެކްސިން ޖަހާނީ 4:30 ގަ އެވެ.

ވެކްސިން ޖެހުމަށް ހާޒިރުވާއިރު އައިޑީ ކާޑް އަދި ސްކޫލުން ފުރިހަމަކުރުމަށް ހަވާލުކުރި (ވެކްސިނޭޝަން ކޮންސެންޓް) ފޯމާއި ކުޑަ ފެންފުޅިއެއް ގެނައުމަށް ސްކޫލުން ވަނީ އަންގާފަ އެވެ.

ސްކޫލުން ނެރުނު އިއުލާނުގައި އިތުރަށް ބުނެފައިވަނީ ދަރިވަރުން ހާޒިރުވާނީ މާސްކް އަޅައިގެން، ވެކްސިން ޖެހުމަށް ފަސޭހަ ހެދުމެއްގައި ބެލެނިވެރިޔާއާއެކު ކަމަށެވެ. ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސްކޫލު ހޯލުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355