twitterviber whatsapp telegramfacebookyoutube instagram
7th June 2026

ޑޮލަރުގެ ކަޅު ބާޒާރަށް އެމްއެމްއޭއިން އަޅާ ފިޔަވަޅުތަކަށް ސަރުކާރުން ރުހުން ދީފި

ޚަދީޖާ އާދަމް
Aug 23, 2021

ޑޮލަރުގެ ކަޅު ބާޒާރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަޅަން ނިންމާފައިވާ ފިޔަވަޅު ތަކަށް ސަރުކާރުން ރުހުން ދީފި އެވެ.

އެމްއެމްއޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ އެކްސްޗޭންޖު މާކެޓުގާއި މިހާރު އޮތް ރެޖިއުލޭޓްރީ ފްރޭމްވޯކަށް އިސްލާހު ގެންނަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މިކަމާއި ގުޅިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރެވިފައިވާކަމަށާއި އެކަމަށް ސަރުކާރުން ރުހުން ދީފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އަޅާ ފިޔަވަޅުތަކުގެ ތަފްސީލް ދެއްވާފައެއް ނުވެއެވެ.

އިމާދު ވިދާޅުވީ އެކްސްޗޭންޖު ރޭޓުގެ މަސައްކަތުގައި މިމަހު ކުރާ މަސައްކަތްތަކުގެ ތެރޭގައި މި ބަދަލުގެ ސަބަބުން ވިޔަފާރި ވިޔަފާރިވެރިންނަށް އަންނާނެ ބަދަލުތަކާމެދު މަޝްވަރާ ކުރުންވެސް ހިމެނޭ ކަމަށެވެ.

މި ބަދަލުގެ ސަބަބުން އާއްމުންނާއި ވިޔަފާރިތަކާއިި މުޅިރާއްޖެ އަށް ބަދަލު ތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355