twitterviber whatsapp telegramfacebookyoutube instagram
2nd June 2025

ވެކްސިން ކާޑަކީ ހަމައެކަނި ރާއްޖޭގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ކާޑެއް: މަބްރޫކް

ނަބީލާ އިސްމާޢީލް
Aug 23, 2021

ރާއްޖޭގައި ވެކްސިން ޖަހާ ފަރާތްތަކަށް ދޫކޮށްފައިވާ ވެކްސިން ކާޑަކީ ހަމައެކަނި ރާއްޖޭގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ކާޑެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު ވިދާޅުވީ މިހާރު ދޫކޮށްފައިވާ ފަށްޖަހާފައި އޮންނަ ވެކްސިން ކާޑަކީ ހަމައެކަނި ލޯކަލް ނުވަތަ ޑޮމެސްޓިކް ބޭނުންތަކަށް ތައްޔާރުކޮށްފައިވާ ކާޑެއް ކަމަށެވެ.

މަބްރޫކް ވިދާޅުވީ އިންޓަނޭޝަނަލީ ބޭނުންކުރެވޭ ވެކްސިން ކާޑެއްގެ ގޮތުގައި އެ ކާޑު ތައްޔާރުނުކުރެވުނީ، ވެކްސިން ޕާސްޕޯޓެއްގައި ހުންނަން ޖެހޭނެ މައުލޫމާތުތަކުގެ މިންގަނޑެއް އޭރު އެކުލަވާލެވިފައި ނެތުމުން ކަމަށެވެ.

ނަމަވެސް، ހެލްތު މިނިސްޓަރު ފާހަގަކުރެއްވި ފަދައިން މި މަސް ނިމެންވާއިރަށް ދުނިޔެ ގަބޫލުކުރާ ވެކްސިން ޕާސްޕޯޓެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާކަން މަބްރޫކް ފަހަގަކުރެއްވިއެވެ.

އެގޮތުން މިހާރު ތައާރަފުކޮށްފައިވާ ކޮވިޑް ސޭފް ޑިޖިޓަލް ވެކްސިން ޕާސްޕޯޓަކީ ދުނިޔެ ގަބޫލުކުރާ ވެކްސިން ކާޑެއް އުފެއްދުމަށް ކުރެވެމުންދާ މަސައްކަތުގެ އެއްބައި މަސައްކަތް ކަަމަށް މަބްރޫކް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355