twitterviber whatsapp telegramfacebookyoutube instagram
18th May 2024

ކުލި ދެއްކުމުގެ ގާބިލުކަން ނެތް ފަރާތްތަކަށް ސަރުކާރުން އެހީވާނަން: މަބްރޫކް

Aug 23, 2021
1

ބޯހިޔާވަހިކަމުގެ މަޝްރޫގެ ތެރެއިން ކައުންސިލް ހައުސިން ޔުނިޓަށް ފައިސާ ދެއްކުމުގެ ގާބިލުކަން ނެތް ފަރާތްތަކަށް ކުލި ދެއްކުމަށް ސަރުކާރުން އެހީތެރިވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ކައުންސިލް ހައުސިން ނުވަތަ ސޯޝަލް ހައުސިން ކެޓަގަރީގައި ހިމެނޭ ހައުސިން ޔުނިޓުތައް، ވަކި އަދަދަަކަށް ވުރެ ދަށުން އާމްދަނީ ލިބޭ މީހުންނަށް ދިނުން ކަމަށެވެ. އޭގެ ތެރެއިން ވެސް ކުލި ދެއްކޭނެ ގާބިލުކަން ނެތް މީހުންނަށް މަދުވާ ފައިސާގެ އަދަދު ނުވަތަ ކުލި އެކީ ކަނޑައިލުމަށް ފަހު ސަރުކާރުން އެ ބައިގައި ހިފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އަދި މިކަން ކުރިއަށް ދާނެގޮތުގެ ވަކި އުސޫލެއް އެކުލަވާލެވިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ ގޮތެއްގައިނަމަވެސް ސަބްސިޑައިޒްކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ސަރުކާރުގެ ތެރެއިންކަމަށްވެސް ވިދާޅުވިއެވެ. ސަރުކާރުން ނިންމާފައި ވަނީ ކައުންސިލް ހައުސިންގެ ކެޓަގަރީން އެ މަޝްރޫއުގެ 60 ފްލެޓު 5،500ރ. އަށް ކުއްޔަށް ދިނުމަށެވެ.

އެޕޯލޯގެ އިތުރުން އިންޑިއާގެ ތިން ކުންފުންޏަކާ ހަވާލުކޮށްގެން ޖުމުލަ 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މަބްރޫކް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355