twitterviber whatsapp telegramfacebookyoutube instagram
14th March 2026

އެކުވެރި އެމްޑްބްލިޔުއެސްސީގެ ނަމުގައި ހިންގާ ރޯޑްޝޯ ކުރިއަށްދަނީ

މުޙައްމަދު އަހުމަދު
Aug 24, 2021

އެކުވެރި އެމްޑްބްލިޔުއެސްސީގެ ނަމުގައި ހިންގާ ރޯޑްޝޯ ވަނީ މިހާރު ފަށައިފަ އެވެ. މިއިވެންޓް ފަށާފައިވަނީ އިއްޔެ ހެނދުނު އެވެ.

2 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ރޯޑް ޝޯގެ މައިގަނޑު އެއް އަމާޒަކީ ކަސްޓަމާ ރިލޭޝަންސް ރަނގަޅުކުރުމާއި ކަސްޓަމަރުންނަށް ބޭނުންވާ އެންމެހާ މައުލޫމާތުތައް ފޯރުކޮށްދިނުމެވެ. އަދި މިއިވެންޓްގެ ޒަރީއާއިން ކަސްޓަމަރުންނަށް އެމްޑްބްލިޔުއެސްސީން ދެމުން ގެންދާ ހިދުމަތްތަކާ ބެހޭގޮތުން އޮޅުންފިލުވަން ބޭނުން ކޮންމެ މައުލޫމާތެއްވެސް އޮޅުންފިލުވާލެވޭނެ އެވެ.

މިރޯޑް ޝޯގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ”މިއުރާ ޑުއޯމެކްސް ޕީ3100“ އެއް ވެސް ލިބުމުގެ ފުރުސަތު އެބައޮތެވެ.

އިއްޔެ މިރޯޑް ޝޯ ކުރިއަށް ގެންގޮސްފައިވާއިރު މިއަދުވެސް މިރޯޑް ޝޯ ކުރިއަށްދާނެ އެވެ. 23 ން 24 އޮގަސްޓަށް ކޮންމެ ދުވަހަކު ހެނދުނު 9 ން ހަވީރު 3 އަކަށް މިއިވެންޓް ކުރިއަށްދާނެ އެވެ.

މިއިވެންޓްގެ ބައިވެރިންނަށް ބައިވަރު ހަރަކާތްތައް ހަމަޖެހިފައިވާއިރު މިރޯޑް ޝޯ ކުރިއަށްގެންދަނީ ފެން ބިލްޑިންގެ ގްރައުންޑް ފްލޯގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355