twitterviber whatsapp telegramfacebookyoutube instagram
10th August 2026

60 އަހަރުން މަތީގެ މީހުންނަށް ރާއްޖޭގައި ފައިޒާ ވެކްސިން ދޭންފަށަނީ

Aug 24, 2021

އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ރާއްޖޭގައި ފައިޒާ ވެކްސިން ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު އަލަށް އިތުރުކުރި ކެޓަގަރީ ކަމަށްވާ އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން އެއްވެސް ވެކްސިނެއް އަދި ނުޖަހާ މީހުންނަށް ފައިޒާ ވެކްސިން ދޭނެކަމަށެވެ.

ރާއްޖޭގައި މިހާރު ފައިޒާ ވެކްސިން ޖަހަމުން އަންނަނީ އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ ގަޔަށެވެ.

އެގޮތުން މިހާތަނަށް ވެކްސިންޖެހޭ އުމުރުގެ ކުދިންގެ ތެރެއިން 50 ޕަސެންޓަށްވުރެ ގިނަ ކުދިން ވަނީ ވެކްސިން ގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.

އެޗްޕީއޭއިން ބުނީ މީގެ އިތުރުން މިއަދުން ފެށިގެން ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެއްވެސް ސްކޫލެއްގައި ނޫޅޭ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި މާބަނޑު އަންހެނުންގެ އިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ދަށް މީހުންނަށް ކަމަށެވެ.

އަދި ރާއްޖެއިން ބޭރަށް ކިޔަވަން ދާ ކުދިންގެ ތެރެއިން ފައިޒާ ވެކްސިން ނޫން އެހެން ވެކްސިނެއް ގަބޫލުނުކުރާ ގައުމުތަކަށް ދާ ކުދިންނަށްވެސް ފައިޒާ ވެކްސިން ޖަހައިދިނުމަށްވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355