twitterviber whatsapp telegramfacebookyoutube instagram
17th September 2026

ޝެރްޝާހް ފިލްމު މޮޅުކަމުން ކަންގްނާ ތައުރީފުކޮށްފި

ޚަދީޖާ އާދަމް
Aug 26, 2021
1

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ވިސްނޫ ވަރަދަން ޑައިރެކްޓްކޮށްފައިވާ ބައޮގްރޮޕިކަލް ޝެރްޝާހް ފިލްމު ގެނެސްދީފާއިވާލެއް މޮޅުކަމުން ބަތަލާ ކަންގްނާ ރަނާވަތު ތައުރީފްކޮށްފި އެވެ.

ކާރގިލް ހަނގުރާމާގައި މަރުވެފައިވާ ކެޕްޓަން ވިކްރަމް ބަތްރާގެ ވާހަކަ ގެނެސްދޭ މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ސިދާތް މަލްހޯތްރާއާ ކިއާރާ އަދުވާނީ މުހިއްމު ރޯލުތަކުން ފެނުނު މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލާފައިވަނީ މިމަހު 12 ވަނަ ދުވަހުއެވެ.

ކާރގިލް ހަނގުރާގެ ހަނދާން އާކުރަމުން ކަންގްނާ ބުނީ ވިކްރަމްގެ މަރުގެ ހަބަރު އަލިފާން ފަދައިން މުޅި ހިމާޗަލްގައި ފެތުރުނުކަމަށާއި އެ ދުވަހުގެ ހަނދާން އަދިވެސް ނުފިލާ ހުންނަ ކަމަށެވެ. ވިކްރަމް ނިސްބަތްވަނީ ހިމާޗަލްއަށެވެ. އޭނާއަކީ އެންމެންވެސް ވަރަށް ލޯބިވި ފަރާތެއްކަމަށް ކަންގްނާ ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293