twitterviber whatsapp telegramfacebookyoutube instagram
10th August 2026

ދަތުރުކުރާއިރު ވެކްސިން ފުރިހަމަކޮށްފައިވޭތޯ ބަލަނީ

ނަބީލާ އިސްމާޢީލް
Aug 28, 2021
1

ދަތުރުކުރުމުގެ ކުރިން ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ޖަހާފައިވޭތޯ ބަލާފައި ނޫނީ ހިދުމަތް ނުދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އެދިއްޖެ އެވެ.

އަންނަ ބުދަ ދުވަހުން ފެށިގެން އެއްގަމާއި ކަނޑުދަތުރާއި ވައިގެ ހިދުމަތް އަދި ޓެކްސީ ދަތުރުކުރާއިރު ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިވޭތޯ ނުވަތަ އެޗްޕީއޭގެ ގައިޑްލައިންގައި ޝަރުތު ކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު ނޫނީ ހިދުމަތް ނުދިނުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން އެއްވެސް ޑޯޒެއް ނުޖަހާ މީހުން ވެކްސިން ޖެހުމަށް ބާރު އެޅުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންގައި ޝަރުތުކޮށްފައިވާ ކަންކަން ކަށަވަރުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.

ސަރުކާރުންގެ އަމާޒަކީ މި މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދޭށެވެ. އެކަމަށް ބާރު އެޅުމަށް އެއްވެސް ޑޯޒެއް ފުރިހަމަނުކުރާ މީހުންނަށް ބައެއް ހިދުމަތްތައް ދިނުމުގައި ތަފާތުކުރުން ގެންގުޅެން އެޗްޕީއޭއިން ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގައިފަ އެވެ.

މިހާތަނަށް 300،000އަށްވުރެ ގިނަ މީހުން ވެކްސިންގެ ދެ ޑޯޒް ވަނީ ފުރިހަމަކޮށްފައެވެ. ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 381،902 އަށް އަރާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355