twitterviber whatsapp telegramfacebookyoutube instagram
13th February 2026

ހަރުކަށި ފިކުރު ހުއްޓުވުމަށް އިސްލާމް ކިޔަވައިދޭން ބޭރުން ޓީޗަރުން ގެންނަނީ

ޚަދީޖާ އާދަމް
Aug 29, 2021

ހަރުކަށި ފިކުރު ހުއްޓުވަން އިސްލާމް މާއްދާ ކިޔަވައި ދޭނެ ޓީޗަރުން ރާއްޖެއިން ބޭރުން ގެނައުމުގެ ވިސްނުން އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ "މެއި ހައެއް ކޮމެޓީ" ން ބުނެފި އެވެ.

ބައެއް ސްކޫލުތަކުގައި ކިޔަވައިދޭ އިސްލާމް ޓީޗަރުން ހަރުކަށި ފިކުރުގެ މައުލޫމާތު ދަރިވަރުންނާ ހިއްސާ ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެ ކޮމެޓީން މީގެ ކުރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީޕީގެ ގަައުމީ މަޖިލީހުގައި އެ ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ވިދާޅުވީ ކޮމެޓީގެ މެންބަރުން މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއެކު ބޭއްވެވި ބައްދަލުވުމުގައި ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރިފައި އޮތް މިންވަރާމެދު ވާހަކަ ދެކެވިފައިވާ ކަމަށެވެ.

ސުކޫލުތަކުގައި ހަރުކަށި ފިކުރަށް ގޮސްފައިވާ ދަރިވަރުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައިކަމަށާއި ކަރިކިއުލަމަށް ބަދަލު ގެނެސް އިސްލާމް މާއްދާގައި ހުރި ނަފުރަތު އުފައްދާ ފަދަ ލިޔުންތައް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ކަަމަށް ވެސް އަފީފް ވިދާޅުވި އެވެ.

އަފީފު ވިދާޅުވީ މިހާރުވެސް ޕްރިވެންޝަން ޕްރޮގްރާމްތަކާއި ކްރިޓިކަލް ތިންކިން އަދި އެކަކު އަނެކަކަށް އިހުތިރާމް ކުރަން ދަސްކޮށް ދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355