twitterviber whatsapp telegramfacebookyoutube instagram
27th July 2024

ދުނިޔޭގެ ރެކޯޑްފޮތުން ޖާގަހޯދި ބޮލީވުޑްގެ 10 ކާމިޔާބީއެއް

މުޙައްމަދު އަހުމަދު
Aug 30, 2021

ބޮލީވުޑަކީ ކޮންމެ އަހަރަކު ވެސް ހިޓް އެތައް ފިލްމްތަކެއް ރިލީޒްކުރާ ބައެކެވެ. މޮޅެތި ޕްލޮޓްތަކުން ފެށިގެން ގޮސް ހިތާމަވެރި ބިރުވެރި އެތައް ފިލްމެއް އެމީހުން އުފައްދަ އެވެ. ގިނަ ބަޔަކު އިންސްޕިރޭޝަންގެ ގޮތުގައި ވެސް މި ފިލްމުތަކާއި ފިލްމު ކުޅޭ އެކްޓަރުން ދެކެ އެވެ.

އެގޮތުން މިބަލާލަނީ މިއެކްޓަރުންނާއި ފިލްމުތަކުން ހާސިލްކޮށްފައިވާ ދުނިޔޭގެ ބައެއް ރެކޯޑްތަކަށެވެ.

1. ކަޕޫރު ޙާންދާން (ކަޕޫރު ފެމެލީ):

ކަޕޫރު އާއިލާއަކީ ބޮލީވުޑްގައި އޮތް އެންމެ ބޮޑު އަދި އެންމެން ދަންނަ އާއިލާއެކެވެ. އެއާއިލާގެ އެންމެނަކީ ވެސް ބުނާނަމަ

1999 ގެ އަހަރުތަކުގައި ކަޕޫރު އާއިލާއަކީ ބޮލީވުޑުން ދުނިޔޭގެ ރެކޯޑް ފޮތަށް ދިޔަ ފުރަތަމަ އާއިލާ އެވެ. އެއީ ބޮލީވުޑްގެ އެއްއާއިލާއަކުން އެންމެ ގިނަ އެކްޓަރުން އަންނަ ހަމައެކަނި އާއިލާ އެވެ. ކަޕޫރު އާއިލާގެ 24 އަށްވުރެ ގިނަ މެމްބަރުންނަކީ އިންޑިއާ ސިނަމާގެ ހިއްސާއެކެވެ.

2. ޝާހްރުކް ހާން:

ބޮލީވުޑްގެ ރަސްގެފާނަކީ ޝާހްރުކް ޚާންއޭ ބުނެވެނީ ވެސް ސަބަބެއް އޮވެގެނެވެ. މިއެކްޓަރު ބޮލީވުޑް ފޭނުންގެ ހިތްތަކުގައި އެކްޓިންގެ މޮޅު ހުނަރުން ވެރިކަން ކުރުމުގެ އިތުރުން މީނާ ވަނީ ދުނިޔޭގެ ރެކޯޑް ފޮތުންވެސް ޖާގައެއް ހޯދާފަ އެވެ.

ޝާހްރުކް ހާން މަޝްހޫރުވީ ބޮލީވުޑްގައި އޭނާ ހޯދަމުންދިޔަ ބޮޑެތި ފައިސާތަކުންނެވެ. 2013 ވަނަ 220.5 ކުރޯޑް ރުޕީސްގެ (2.2 ބިލިއަން ރުޕީސް) އޭނާ ވަނީ އާމްދަނީއެއް ހޯދާފަ އެވެ.

3. ކުމާރް ސާނޫ:

ކުމާރް ސާނޫ އަކީ އިންޑިއަން ފިލްމް އިންޑަސްޓްރީގައި ވަރަށް މަޝްހޫރު ޕްލޭބެކް ސިންގާއެކެވެ. (ލަވަކިއުންތެރިއެކެވެ.) މީނާ މަޝްހޫރުވީ 90 އަހަރުތަކުގެ ލޯބީގެ ލަވަތައް ކިޔައިގެންނެވެ.

އޭނާ ވަނީ އެއްދުވަހެއްގެ ތެރޭގައި 28 ލަވަ ރެކޯޑްކޮށްގެން ދުނިޔޭގެ ރެކޯޑެއް ހަދާފަ އެވެ.

4. ބާހުބަލީ ދަ ބިގިނިންގ:

އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއްފިލްމްގެ އިތުރުން ބާހުބަލީގެ ބިގިނިންގެ ޕޯސްޓަރު ގާތްގަނޑަކަށް 50 ހާސް ސްކޮޔަރ ފޫޓު ބޮޑެވެ. މިއީ ދުނިޔޭގެ ރެކޯޑެކެވެ.

4793.65 މީޓަރ ސްކޮޔަރގެ ބޮޑުމިނުގައި މިރެކޯޑް ހެދީ ކޮޗީގައި ހުންނަ ގްލޯބަލް ޔުނައިޓެޑް މީޑިއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ. މީގެކުރިން މިރެކޯޑް އޮތީ އަކްޝޭ ކުމާރު ފެނިގެންދިޔަ ބޮސްގެ އަތުގަ އެވެ.

5. އަބީޝޭކް ބައްޗަން:

އަބިޝޭކް ބައްޗަންއަކީ އާންމުކޮށް ވަރަށް ގިނަ ބައެއްގެ ފާޑުކިއުމާއި މަލާމާތް ރައްދުވާ އެކްޓަރެކެވެ. ނަމަވެސް އެމީހުންނަށް ނޭނގޭ ކަމަކީ އަބިޝޭކްގެ އަތުގައި ދުނިޔޭގެ ރެކޯޑެއް އޮންނަ ކަމެވެ.

އަބިޝޭކްގެ ފިލްމު ދިއްލީ-6 ގެ ޕްރޮމޯޝަންސްގެ ތެރެއިން އަބިޝޭކް ވަނީ 12 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ޕަބްލިކް އެޕިއަރެންސް ހޯދި އެކްޓަރަށްވެފަ އެވެ. އެއާއެކު އޭނާ ވަނީ 2004 ގައި 3 ޕްރެސް ކޮންފަރެންސްއަށް 2 ގަޑިއިރުގެ ތެރޭގައި ހާޒިރުވެގެން ވިލް ސްމިތް ހެދި ރެކޯޑް ފުޑާލާ އޭނާ ފަހަތަށް ޖައްސާލާފަ އެވެ.

6. ޖަގްދިޝް ރާޖް:

މިހާރަކަށް އައިސް ޕޮލިސް ރޯލް ކުޅޭ އެތައް އެކްޓަރުންނެއް ފެނެ އެވެ. ނަމަވެސް ޖަގްދިޝް ރާޖް ވަނީ 144 ފިލްމެއްގައި އިންސްޕެކްޓަރެއްގެ ރޯލު އަދާކޮށްފަ އެވެ.

އޭނާގެ އެންމެ މޮޅު ފިލްމްތަކުގެ ތެރޭގައި ޑޮން، ދީވާރް އަދި ސިލްސިލާ ހިމެނެ އެވެ. އޭނާ އަކީ އެއްރޯލެއްގައި އެންމެ ގިނަ ފިލްމް ކުޅުމުގެ ދުނިޔޭގެ ރެކޯޑް އޮންނަ އެކްޓަރެވެ.

7 ޔާދޭން:

ކޮންމެ ބޮލީވުޑް ފިލްމެއްގައި ވެސް މަޝްހޫރު އެތައް ތަރިންނެއް އުޅެ އެވެ. ނަމަވެސް 1964 ވަނަ ސުނިލް ދަތް ޑައިރެކްޓްކޮށް ނުކުތް ބްލެކް އެންޑް ވައިޓް ފިލްމް ޔާދޭން އަކީ އެންމެ އެކްޓަރެއް ހިމެނޭ ހަމައެކަނި ފިލްމެވެ.

ފިލްމްގައި ނާރުގިސް ވެސް އުޅުނެވެ. ނަމަވެސް އޭނާ އެއްކޮށް ފިލްމްގައި ނުދައްކަ އެވެ. ދެއްކީ ހަމައެކަނި ތަސްވީރެވެ.

8. ލަލީތާ ޕަވާރް:

އޭނާގެ ބާރުގަދަ ޕާފޯމަންސްތަކުން މަޝްހޫރު ލަލީތާ ޕަވާރަކީ ވެސް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ އެކްޓްރެސް އެކެވެ. އެއީ އެންމެ ގިނަ ދުވަހު ފިލްމް އިންޑަސްޓްރީގައި އުޅުނު އެކްޓްރެސްގެ ގޮތުގަ އެވެ.

ލަލީތާއަކީ 70 އަހަރުވަންދެން އިންޑިއަން ފިލްމް އިންޑަސްޓްރީގެ ހިއްސާއެކެވެ. އޭނާ އެންމެ ފުރަތަމަ ފިލްމަކުން ފެނުނީ އުމުރުން ބާރަ އަހަރުގަ އެވެ. އަދި އެކި ބަސްބަހުން މުޅިއެކު 700 އަށްވުރެ ގިނަ ފިލްމް ލަލީތާ ކުޅެފައިވެ އެވެ.

9. ކަހޯނާ... ޕިޔާރް ހޭ

ރިތިކް ރޯޝަންގެ އެންމެ ފުރަތަމަ ފިލްމު ކަހޯނާ ޕިޔާރް ހޭ އަކީ އަހަރެމެންގެ ތެރެއިން ގިނަ ބައެއްގެ ހިތުގައި ބިންވަޅު ނެގިފައިވާ ފިލްމެކެވެ. މިފިލްމަކީ ހަމައެކަނި ބޮކްސް އޮފީސް ހިޓެއްގެ އިތުރުން ގާތްގަނޑަކަށް 102 އެވޯޑް ހޯދައިގެން ދުނިޔޭގެ ރެކޯޑެއް ހަދާފައިވާ ފިލްމެކެވެ.

މިފިލްމާ ގުޅިގެން ރިތިކް ވަނީ އެންމެ މޮޅު ޑެބިއުޓް އެކްޓަރ އަދި އެންމެ މޮޅު އެކްޓަރުގެ މަގާމް ހޯދާފަ އެވެ.

10. ލަވް އެންޑް ގޯޑް (ކައިސް އޯރް ލައިލާ):

ހުރިހާ ފިލްމެއް ރިލީޒް ވާކަށް އެހާ ގިނަ ދުވަހެއް ނުނަގަ އެވެ. ވަރަށް ކުޑަ ވަގުތުކޮޅަކުން ވެސް ނިންމާލަ އެވެ. ނަމަވެސް 1986 ވަނަ އަހަރު ނުކުތް ފިލްމު ލަވް އެންޑް ގޮޑް (ކައިސް އޯރް ލައިލާ) ވަނީ ނުނިމި 20 އަހަރުދުވަސް ވަންދެން މަޑުޖެހިފައި އޮވެފަ އެވެ.

މިފިލްމުގެ ތެރެއިން ގުރޫ ދަތް މަރުވިއިރު ފަހުން ޑައިރެކްޓަރު އާސިފް މަރުވުމުން މިފިލްމު އެކަށް ފުރިހަމަ އެއްނުވެ އެވެ.

މިފިލްމު 1986 ވަނަ އަހަރު ރިލީޒްކުރެވިގެންދިޔައީ މެއިން ހީރޯގެ ގޮތުގައި ސަންޖީވް ކުމާރު ބަހައިޓައިގެންނެވެ. މިފިލްމު ވަނީ އެންމެ ގިނަ ދުވަހުން ޕްރޮޑިއުސްކުރެވުނު ބޮލީވުޑް ފިލްމުގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355