twitterviber whatsapp telegramfacebookyoutube instagram
25th March 2026

ލައިސެންސް އިމްތިހާނުގެ މުއްދަތު އިތުރުކޮށްފި

މުޙައްމަދު އަހުމަދު
Aug 30, 2021

ލައިންސެންސް އިމްތިހާންގެ މުއްދަތު ޓްރާންސްޕޯޓް އޮތޯރިޓީން އިތުރު ކޮށްފި އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ލައިންސެންސް ނެގުމަށްޓަކައި ތިއަރީ އިމްތިހާން ހަދާފައިވާ މީހުންނަށް އެމީހުންގެ އިމްތިހާނުގެ ނަތީޖާ ބޭނުން ކުރެވޭނެ މުއްދަތު އިތުރުކޮށްދީފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ނެރުނު ބަޔާނުގައިވާ ގޮތުން ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ލޮކްޑައުން ކުރުމުގެ ސަބަބުން ގިނަ މީހުންނަށް ތިއަރީ ޓެސްޓް ހެދުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ.

ނިމިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޓްރާންސްޕޯޓް އޮތޯރިޓީން އަމަލު ކުރަމުން އަންނަ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން ލައިސެންސް ނެގުމަށް ހަދާ އިމްތިހާނުގެ މުއްދަތު ވަނީ އިތުރު ކޮށްފައިވާއިރު އެގޮތުން ތިއަރީ އިމްތިހާން ހަދާ ނިމޭތާ ހަ މަސްދުވަހުގެ ތެރޭގައި ލައިސަންސް ނަގަން ޖެހޭނެ ކަމަށްވެސް އެގަވާއިދުގައި ބުނެފައިވެ އެވެ.

އެއޮތޯރިޓީން ހާމަކުރާ ގޮތުގައި އެ ގަވާއިދު ގެޒެޓް ކުރުމުގެ ކުރިން އިމްތިހާނު ހަދާފައިވާ މީހުންނަށް އަންނަ އަހަރުގެ ޖެނުއަރީމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ތިއަރީ އިމްތިހާނުގެ ނަތީޖާ ބޭނުން ކޮށްގެން ލައިސެންސް ނެގޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355