twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފަށަން ޓީމެއް އަންނަނީ

ނަބީލާ އިސްމާޢީލް
Sep 1, 2021

ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހަދާ ފުރަތަމަ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށްޓަކައި އަންނަ ހަފްތާގެ ތެރޭގައި ރާއްޖެއިން ބޭރުގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ އެންމެފަހުގެ ތަފުސީލު ނޫސްވެރިންނަށް ދިނުމަށް މިއަދު ރައީސުލްޖުމްހުރިޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މި ޓީމު އަންނަނީ ގަމުގައި ކެންސަރު ހޮސްޕިޓަލް އިމާރާތްކުރުމަށްޓަކައި ޑީޓެއިލް ފްރޮޖެކްޓް ރިވިއުއެއް ހެދުމުގެ މަސައްކަތަށް ކަމަށެވެ.

ކެންސަރުގެ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް އެޅުމަށް މިސަރުކާރުން ނިންމާފައިވަނީ ލ. ގަމުގަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކަން އިއުލާން ކުރެއްވީ އެމަނިކުފާނު ގަމަށް ކުރެއްވި ދަތުރުފުޅެއްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ.

ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ރާއްޖެ އަށް ބޮޑެތި އެހީތަކެއް ދިނުމަށް ޑިސެމްބަރު 4، 2019 ގައި ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ކުރިން މި ހޮސްޕިޓަލު އަޅަން ނިންމީ ހުޅުމާލޭގަ އެވެ. ނަމަވެސް، ރާއްޖޭގެ ސިއްހީ ހިދުމަތްތައް ލާމަރުކަޒީ ކުރުމަށް ސަރުކާރުން ވިސްނާފައި ވާތީ މި ހޮސްޕިޓަލު ގަމަށް ބަދަލުކުރަން އިންޑީއާ ސަރުކާރާ އެކު މަޝްވަރާކޮށް އެ ގޮތަށް ވަނީ ނިންމައިފަ އެވެ.

މި ވަގުތު ރާއްޖޭގައި މި ބައްޔަށް ފަރުވާ ލިބެނީ ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުން އެކަންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355