twitterviber whatsapp telegramfacebookyoutube instagram
19th May 2026

ޕީސީއާރު ޓެސްޓް ނުހަދާ މިހާރު 28 ރަަށަކަށް ދަތުރުކުރެވޭނެ

ނަބީލާ އިސްމާޢީލް
Sep 1, 2021

ކޮވިޑް-19 ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނަށް ޕީސީއާރް ޓެސްޓު ހެދުމެއް ނެތި ދެވޭ ރަށްތައް ހެލްތު މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ހެލްތް މިނިސްޓްރީން އާންމުކުރި ލިސްޓްގައިވާ ރަށްތަކަކީ ހއ. އުލިގަމާއި ހއ. މުރައިދޫ އާއި ހދ. ހިރިމަރަދޫ އާއި ހދ. ނެއްލައިދު އާއި ރ. މަޑުއްވަރީ އާއި ރ. މީދޫ އާއި ރ. އަލިފުއްޓާއި ބ. ފެހެންދޫ އާއި ބ. ފުޅަދޫ އާއި ބ. ދޮންފަނާއި ބ. ކިހާދޫ އާއި ބ. އޭދަފުއްޓާއި ބ. މާޅޮހާއި ބ. ކަމަދޫ އާއި އއ. މަތިވެރި އާއި އދ. ދިގުރަށުގެ އިތުރުން އދ. ފެންފުއްޓާއި އދ. ދިއްދޫ އާއި ވ. ރަކީދޫ އާއި ވ. ފެލިދޫ އާއި ވ. ކެޔޮދޫ އާއި ވ. ފުލިދޫ އާއި ފ. މަގުދޫ އާއި ފ. ދަރަނބޫދޫ އާއި ފ. ފީއަލިގެ އިތުރުން ލ. ހިތަދޫ އާއި ގއ. ދެއްވަދޫގެ އިތުރުން ގދ. ރަތަފަންދޫ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ގޮތަށް އުސޫލު ބަދަލުކުރި ނަމަވެސް އެއަށް އަމަލުކުރާނީ އެ ރަށްރަށުން އެ މީހަކު ދަތުރުކުރާ ރަށުގެ ކޮންމެ ހަފުތާއަކު ނަގާ ސާމްޕަލްގެ ނިސްބަތަށް ބަލާފައިކަމަށެވެ.

އެގޮތުން ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސެންޓަށްވުރެ ދަށް ވާން ޖެހޭނެކަމަށް އެ މިނިސްޓރީން ބުންޏެވެ.

މި މަހުން ފެށިގެން ކޮވިޑް-19 ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ދަތިވާނެހެން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355