twitterviber whatsapp telegramfacebookyoutube instagram
30th April 2024

އިންނަމާދޫ ފެނުގެ ނިޒާމު ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ނަބީލާ އިސްމާޢީލް
Sep 2, 2021

ރ. އިންނަމާދޫ ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް މާލޭ ބޯޓަރ އެންޑް ސްވެރޭޖް ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ން ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީ އިމާރާތް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ސާމާނު މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.

ޖުމުލަ 50.7 މިލިއަން ރުފިޔާ ހަރަދުވާ އެ މަޝްރޫއުގެ މުއްދަތަކީ 15 މަސް ދުވަހެވެ. މި މަޝްރޫއުގެ ދަށުން އިންނަމާދޫގައި 8.33 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމްކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރް.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ. އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިންނަމާދޫ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުއަކީ ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355