twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބިދޭސީންގެ ކްލަސްޓާއާ ގުޅިގެން ނެގި ހުރިހާ ސާމްޕަލްއެއް ނެގެޓިވް

ޚަދީޖާ އާދަމް
Sep 4, 2021

ކުޅުދުއްފުށިން 4 ބިދޭސީއެއް ޕޮޒިޓިވްވުމާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ނެގި ހުރިހާ ސާމްޕަލްތަކެއް ނެގެޓިވްކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕޓަލުން ބުނެފިއެވެ.

މިދިޔަ މަހު 27 ވަނަ ދުވަހު ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކު ކުޅުދުއްފުއްޓަށް އައި ބިދޭސީއަކު ރޯގާގެ އަލާމާތްތައް ފެންނަކަން ހޮސްޕިޓަލަށް އެންގުމުން ނެގި ސާމްޕަލް ޕޮޒިޓިވްވެ އެމީހާއާއި ގުޅުންހުރި އިތުރު 3 ބިދޭސީއަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން ހާލަތު ބެލުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ 95 ރޭންޑަމް ސާމްޕަލް ނަގާފައެވެ.

ހޮސްޕިޓަލުން ބުނީ ރޭންޑަމް ސާމްޕަލް ނެގުމުގައި ބޮޑަށް އިސްކަންދިނީ ބިދޭސީންގެ މެދުގައި ސާމްޕަލް ނެގުމަށްކަމަށެވެ. އެގޮތުން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވްކަމަށް ކޭއޯއަށް މައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މިހާތަނަށް އެ ކްލަސްޓާއިން އިތުރު މީހަކު ޕޮޒިޓިވްވެފައިނުވާކަމަށާއި އެ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ތިބި 10 މީހުންގެ ސާމްޕަލްވެސް ނެގެޓިވްކަމަށެވެ.

ކުޅުދުއްފުށީގެ މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 14 ކަމަށާއި އެއީ ރާއްޖޭން ބޭރުން އައި ފަހުން ޕޮޒިޓިވްވި ފަރާތްތަކަކާ ގުޅުންހުރި 10 މީހަކާއި ބިދޭސީންގެ ކްލަސްޓާގެ 4 މީހުންކަމަށެވެ. މި ކޭސްތަކާއި ގުޅިގެން ޖުމްލަ 8 ގެއެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އޮފިޝަލް ވިދާޅުވީ އަދިވެސް އިތުރު ރޭންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355