twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފޯކައިދޫ ސިއްހީ މަރުކަޒު އަފްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

ޚަދީޖާ އާދަމް
Sep 8, 2021
1

ށ ފޯކައިދޫ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީދަތުރު ފުޅުގައި ށ ފޯކައިދޫއަށް ވަޑައިގެން އެރަށު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިޔަށްގެންދަވާގޮތަށް ހަމަޖައްސަވާނެކަމަށާއި އަދި ފުޓްބޯޅަ ދަނޑާއި އަދި ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ރަށުގައި ހުރި ކަންބޮޑިވުންތައް ފާހަގަކޮށް ކައުންސިލުން ވިދާޅުވީ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ބޭނުންވާކަމާއި ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލެއް ބޭނުން ވާކަން ފާހަގަކޮށްފައެވެ.

އަދި ރަށްގިރުމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރަށުން ގޯތިދޫކުރެވޭނެ ގޮތެއް ހަމަޖެއްސުމާ ބެހޭގޮތުންނާއި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ވެސް ކައުންސިލުން ހިއްސާކޮށްފައެވެ.

މިހާރު އެރަށުގައި ކުރިއަށްދާ ބައެއް ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ ބަނދަރު އަޕްގްރޭޑްކުރުމާއި، ފެނާއި ނަރުދަމާ ގާއިމުކުރުމާއި، އާ އިންޖީނުގެ އެޅުމުގެ މަޝްރޫއު ފާހަގަކުރައްވައި ކައުންސިލުން ވަނީ އެކަންކަން ބާރު ސްޕީޑްގައި ކުރިޔަށްދާތީ ކައުންސިލާއި ރައްޔިތުން ޝުކުވެރިވެރިކަމާއެކު އެކަންކަން ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355