twitterviber whatsapp telegramfacebookyoutube instagram
28th March 2024

ހިރިމަރަދޫން ވެސް ނޮޅިވަރަމަށް އެހީތެރިކަން ފޯރުކޮށްދީފި

ނަބީލާ އިސްމާޢީލް
Sep 9, 2021

ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ހދ. ނޮޅިވަރަމް ރައްޔިތުންނަށް އެ އަތޮޅު ހިރިމަރަދޫ ކައުންސިލާއި ޑަބުލިޔު ޑީސީގެ އިތުރުން ކުލަބް ޖަމިއްޔާ ޖަމާއަތްތަކާއި އެރަށުގެ ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ކޭއޯއަށް މައުލޫމަތު ދެއްވަމުން ނޮޅިވަރަމު ކައުންސިލްގެ މީޑިޔާ ކޯޑީނޭޓަރ މުހައްމަދު މުސްތޮފާ ވިދާޅުވީ ހިރިމަރަދޫން ހަދިޔާކުރި ތަކެތީގެ ތެރޭގައި 12 ބަސްތާ އަލުއްވާ، 25 ކޭސް މަސްދަޅު ވަނީ ހަދިޔާ ކޮށްފަ ކަމަށެވެ.

މީގެ އިތުރުން އެރަށު ސިއްހީ މަރުކަޒުގެ ހުރިހާ މުއައްޒަފުންގެ ފަރާތުން ވަނީ މާސްކާއި ސެނިޓައިޒާގެ އިތުރުން އަންގި އަދި ފޭސް ޝީލްޑް ފަދަ ތަކެތި ހަދިޔާ ކޮށްފަ ކަމަށެވެ.

މުހައްމަދު ވިދާޅުވީ ކޮވިޑް ބަލީގެ އާލަމީ މިވަބާގައި ނޮޅިވަރަމު ރައްޔިތުން ހޭދަކުރަމުން އަންނައިރު އެކިއެކި ރަށްތަކުގެ ވަކި ވަކި ފަރުދުންނާ ކުލަބު ޖަމިއްޔަ ޖަމާއަތްތަކާއި އެކިއެކި މުއައްސަސާތަކާއި އެކިއެކި ރައްތަކުން އެރަށަށްވާ ދީލަތި އެހީއަށް ނޮޅިވަރަމު ރައްޔިތުންގެ ނަމުގަޔާއި ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވާ ކަމުގަ އެވެ.

އެރަށަށް މީގެކުރިން ކުޅުދުއްފުށީގެ ދެ ވިޔަފާރީއަކުން ވެސް 1.2 ޓަނުގެ ރޯމަސް ވަނީ ހަދިޔާކޮށްފި އެވެ. މަސް ހަދިޔާކޮށްފައިވަނީ އެޑްމޭން އަދި ފަރިރީތިންނެވެ.

އެރަށުގެ ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ޖެހުނު މީހުންގެ އަދަދު 216 އަށް ވަނީ އަރާފަ އެވެ. މިއަދުވެސް އެ ރަށުން ވަނީ 14 މީހުން ޕޮޒިޓިވްވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355