twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޒްވެރޭވް ކަޓުވާލާ ޖޮކޮވިޗް ފައިނަލަށް، ވާދަކުރަންޖެހޭނީ މެޑްވެޑޭވްއާ

މުޙައްމަދު އަހުމަދު
Sep 11, 2021

ޔޫއެސް އޯޕަންސް ސެމީ ފައިނަލުގައި ވާދަވެރި ކުރިމަތިލުމަކަށްފަހު ޒްވެރޭވް ކަޓުވާލާ ޖޮކޮވިޗް ފައިނަލަށް ދަތުރުކޮށްފި އެވެ. ފައިނަލުގައި ވާދަކުރަންޖެހޭނީ ޑެނީލް މެޑްވެޑޭވްއާ އެވެ.

ރަޝިއާގެ މެޑްވެޑޭވް އަކީ މިވަގުތު ޓެނިސް ރޭންކިންގެ ދުނިޔޭގެ ދެވަނަ އެވެ. ފައިނަލަށް އޭނާ ދަތުރުކުރީ ފުރަތަމަ ބޮޑު މުބާރާތެއްގެ ތަށި ހިއްލާލުމުގެ އުއްމީދުގައި ސެމީން ކެނެޑާގެ ފެލިކްސް އޯގަރ-އެލިއަސިމް ބަލިކޮށްގެންނެވެ. މެޑްވެޑޭވް މިމެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 6 - 4 ، 7 - 5 ، 6 - 2 ންނެވެ.

ޖޮކޮވިޗް ފައިނަލަށް ދަތުރުކުރީ ފަހަތުން އަރާ މޮޅުވެގެންނެވެ. އޭނާ ފުރަތަމަ ސެޓުން ވަނީ ބަލިވެފަ އެވެ. އޭނާ މިމެޗުގެ ސެޓުތައް ގެންދިޔައީ 4 - 6 ، 6 - 2 ، 6 - 4 ، 4 - 6 ، 6 - 2 ންނެވެ. މިފަހަރުގެ މުބާރާތުގެ ތަށި ޖޮކޮވިޗް ހިއްލާލައިފިނަމަ އޭނާއަށް 21 ވަނަ ފިރިހެން ސިންގަލްސް ގްރޭންޑް ސްލޭމް ކާމިޔާބުކުރެވޭނެ އެވެ. އޭރުން ރަފައޭލް ނަޑާލް އާއި ރޮޖާ ފެޑެރާ އަށްވުރެ ކުރިއަށް ޖެހިލެވޭނެ އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ 20 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފަ އެވެ.

ފައިނަލުގައި މެޑްވެޑޭވްގެ މައްޗަށް ޖޮކޮވިޗް ކުރި ހޯދައިފިނަމަ އޭނާވެގެންދާނީ 1969 ގައި ރޮޑް ލޭވާރ އަށްފަހު އެއްއަހަރެއްގެ ތެރޭގައި 4 ބޮޑު މުބާރާތުގެ ތަށި ހޯދި ފުރަތަމަ ފިރިހެން ކުޅުންތެރިޔާ އަށެވެ.

މިމެޗުގެ ކުރިން ޖޮކޮވިޗް ބުނީ މިމެޗު އޭނާ ކުޅޭނީ ކެރިއަރުގެ އެންމެފަހު މެޗުކަމަށް ބަލައިގެން ކަމަށެވެ. ޖޮކޮވިޗަކީ މިވަގުތު ޓެނިސް ރޭންކިންގެ ދުނިޔޭގެ އެއްވަނަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355