twitterviber whatsapp telegramfacebookyoutube instagram
20th August 2026

ބިލެތްފަހީގައި އެއާޕޯޓު އަޅަން ގިނަ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފި

ޚަދީޖާ އާދަމް
Sep 12, 2021

ށ ބިލެތްފަހީގައި އެޅުމަށް އިއުލާންކޮށްފައިވާ އެއާޕޯޓު ތަރައްގީކުރުމަށް ގިނަ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ސަރުކާރުން ބުނެފި އެވެ.

"ސަން" އަށް މައުލޫމާތު ދެމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ބިލެތްފަހީގައި އެއާޕޯޓު އަޅާނެ ފަރާތެއް ހޯދަން އިއުލާނު ކުރުމުން ގިނަ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށާއި އޭގެ ތެރޭގައި ދިވެހި ކުންފުންޏެއްވެސް ހިމެނޭ ކަމަށެވެ.

މަބުރޫކު ވިދާޅުވީ ކުރިއަށް އޮތީ ލިބިފައިވާ ޕްރޮޕޯސަލްތަކުގެ އިވެލުއޭޝަން މަސައްކަތުގެ ބައި ކަމަށާއި ބިލެތްފަހީގައި އެއާޕޯޓު އަޅަން މިއަހަރުގެ ތެރޭގައި ބަޔަކާ ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބިލެތްފަހީ އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަހަރުގެ ފެބްރުއަރީ މަހު ވަނީ އިތުރުވެސްކޮށްފައެވެ. ސަރުކާރުން އެ ފުރުސަތު އިތުރުކުރީ މާޗު އެއްވަނަ ދުވަހުގެ ނިޔަލަށެވެ.

ބިލެތްފަހީގައި އެއާޕޯޓެއް އަޅަން ނިންމައި، އެކަން އެންމެ ފުރަތަމަ އިއުލާނުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018ވަނަ އަހަރުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355