އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްއިން ކުޅުދުއްފުށީ އައުޓްލެޓަށް ލޭބަރާއިން ހޯދުމަށް އިއުލާންކޮށްފި އެވެ.
އައިބީއެމް ކުޅުދުއްފުށީ އައުޓްލެޓަށް އިއުލާންކޮށްފައިވަނީ ދެ ލޭބަރާއިން ހޯދުމަށެވެ.
ލޭބަރާއިންނަށް ކުރިމަތިލުމުގެ ޝަތުރުތަކަކީ:
- ގްރޭޑް 7 ނިންމާފައިވުން
- ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހު ތަޖުރިބާ ހުރުން
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށް ވުން
މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 5،500-6،500 ދެމެދުގެ އަދަދެކެވެ. މީގެ އިތުރުން އެލަވެންސްތަކާއި، ލޯން ސްކީމް އަދި ހެލްތް އިންސުއަރެންސް ލިބިގެން ދާނެއެވެ.
މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ 20 ސެޕްޓެމްބަރުގެ 16:00 އެވެ. ޝައުގުވެރިވާ ފަރާތްތަކުން އައިޑީ ކާޑުގެ ކޮޕީއާއި ސިވީ އަދި ސެޓްފިކެޓްތައް [email protected] މެއިލް ކުރުމަށް ވަނީ އެދިފައެވެ.