twitterviber whatsapp telegramfacebookyoutube instagram
19th April 2024

އައިބީއެމް ވަޒީފާގެ ފުރުސަތު: ސޭލްސް އެސިސްޓެންޓް

ޚަދީޖާ އާދަމް
Sep 12, 2021
1

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްއިން ކުޅުދުއްފުށީ އައުޓްލެޓަށް ސޭލްސް އެސިސްޓެންޓެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

އައިބީއެމް ކުޅުދުއްފުށީ އައުޓްލެޓަށް އިއުލާންކޮށްފައިވަނީ ސޭލްސް އެސިސްޓެންޓެއްގެ ގޮތުގައި އެކަކު ހޯދުމަށެވެ.

ސޭލްސް އެސިސްޓެންޓް ކުރިމަތިލުމުގެ ޝަތުރުތަކަކީ:

- އޯ ލެވެލް ނިންމާފައިވުން

- ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހު ތަޖުރިބާ ހުރުން

- ދިވެހި އަދި އިނގިރޭސިން ރީތިކޮށް ލިޔަން، ކިޔަން އެނގުން

- ޓީމާއެކު ގުޅިގެން މަސައްކަތް ކުރާ ފަރާތަކަށްވުން

މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،500-8،500 ދެމެދުގެ އަދަދެކެވެ. މީގެ އިތުރުން އެލަވެންސްތަކާއި، ލޯން ސްކީމް އަދި ހެލްތް އިންސުއަރެންސް ލިބިގެން ދާނެއެވެ.

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ 20 ސެޕްޓެމްބަރުގެ 16:00 އެވެ. ޝައުގުވެރިވާ ފަރާތްތަކުން އައިޑީ ކާޑުގެ ކޮޕީއާއި ސިވީ އަދި ސެޓްފިކެޓްތައް [email protected] މެއިލް ކުރުމަށް ވަނީ އެދިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355