twitterviber whatsapp telegramfacebookyoutube instagram
28th March 2024

އުތުރުގެ ކަސްޓަމްސްގެ މައި އޮފީސް ކުޅުދުއްފުށީގައި ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Sep 16, 2021
1

އުތުރުގެ ކަސްޓަމްސްގެ މައި އޮފީސް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފި އެވެ. މި އޮފީސް ހުޅުވައިދެއްވީ މިކަމަށްޓަކާ މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

މިއީ 2017 ވަނަ އަހަރުގެ ނޮވެމްބަރުމަހު ބިންގާ އެޅި އިމާރާތެއް ނަމަވެސް މި ނިންމާ ބޭނުންކުރަމުންދާ އިމާރާތެކެވެ. އިމާރާތް ނުހުޅުވި ލަސްވީ ކޮވިޑާ ހެދި ކުރިމަތިވި ދަތިތަކުންނެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބުދުﷲ ޝަރީފް ދެއްކެވި ވާހަކާގައި މީގެ ކުރިން ކަސްޓަމްސްގެ ކަންކަން ކުރިއެރުވުމަށް އެއްވެސް ސަރުކާރަކުން ނުކުރާވަރަށް މިސަރުކާރުން، ރައީސް ސޯލިހްގެ އިސްނެއްގެވުމުގެ މަތިން ފޯރުކޮށްދެއްވަމުންދާ ކަމަށެވެ.

އެކަމަށްޓަކާ ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހަށް، އޭނާ ޝުކުރުއަދާކުރެއްވި އެވެ.

ހަތަރު ބުރީގެ މި އިމާރާތުގައި އޮފީހަކާއި އެކޮމޮޑޭޝަންގެ އިތުރުން މިސަރަހައްދުގައި އެންފޯސްމެންޓްގެ ދާއިރާއިން ތަމްރީންތައް ހިންގުމަށް ރީޖަނަލް ޓްރޭނިންގ ސެންޓަރެއްވެސް އިމާރާތުގައި ވަނީ ގާއިމުކޮށްފަ އެވެ. މިއީ 13.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރި އޮފީހެކެވެ.

އުތުރުގައި ކަސްޓަމްސްގެ ހިދުމަތް ފެށިގެން އައީ 1997 ވަނަ އަހަރު ހއ އުލިގަމުގަ އެވެ. އެއަށްފަހު ކުޅުދުއްފުށީގައި ސަރަހައްދީ ބަނދަރެއް ގާއިމް ކުރެވި ކުޅުދުއްފުށީގައި ކަސްޓަމްގެ ހިދުމަތް ފަށާފައިވަނީ 2005 ވަނަ އަހަރުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355