twitterviber whatsapp telegramfacebookyoutube instagram
14th June 2025

ދިރާގު ސަޅި ޕްރިޕެއިޑު ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފި

ނަބީލާ އިސްމާޢީލް
Sep 18, 2021

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން މިހާރު ކުރިއަށް ދާ ޕްރޮމޯޝަން އަންނަ އޮކްޓޯބަރު މަހުގެ 14 އާ ހަމައަށް އިތުރުކޮށްފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ސަޅި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހުރިހާ ޕެކޭޖަކުން ވެސް ދުވާލަކު 2 ޖީބީ ޑޭޓާ ލިބުމުގެ އިތުރުން ސޯޝަލް މީޑިއާ ޑޭޓާ 5 ގުނަ އިތުރަށް ލިބޭނެ އެވެ. އަދި ސަޅި ޕްރިޕެއިޑްގެ ކޮންމެ ޕެކޭޖަކުން ވެސް ކަސްޓަމަރުންނަށް ދިރާގު ނަންބަރުތަކަށް ހިލޭ ގުޅާލެވޭނެ އެވެ.

ޕްރޮމޯޝަން ކުރިއަށްދާއިރު ޕްރީޕެއިޑް ކަސްޓަމަރުންނަށް "ސަޅި ވީކްލީ" އަދި "ސަޅި ދޭ ވީކްސް" އަދި "ސަޅި މަންތްލީ" ޕްލޭނުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ދެ ޖީބީ ޑޭޓާގެ އިތުރުން އިތުރު ސޯޝަލް މީޑިއާ ޑޭޓާ އެ މުއްދަތައް ލިބިގެން ދާނެ އެވެ. މީގެ އިތުރުން، ސަޅި ޕްރީޕެއިޑްގެ ކޮންމެ ޕެކޭޖަކުން ވެސް ކަސްޓަމަރުންނަށް ދިރާގު ނަންބަރުތަކަށް މުޅިން ހިލޭ ބޭނުން ވަރަކަށް ގުޅާލެވޭނެ އެވެ.

ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭން ތަކަކީ އެންމެ ގިނަ ޑޭޓާ ހަމަ އެއްމެ އެކްޓިވޭޝަނަކުން ފޯރުކޮށްދޭ ޕްރީޕެއިޑް ޕްލޭން ތަކެވެ.

ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭން ތައް ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެ އެވެ. އެގޮތުން މިހާރު ކަސްޓަމަރުންނަށް 21 ޖީބީ ހަމަ އެންމެ 145 ރުފިޔާ އަށް ދިރާގު ސަޅި ޕްރީޕެއިޑުން ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355