twitterviber whatsapp telegramfacebookyoutube instagram
14th December 2025

ޔޫކޭގެ ގްރީން ލިސްޓްގައި ރާއްޖެ ހިމަނައިފި

ނަބީލާ އިސްމާޢީލް
Sep 18, 2021

އިނގިރޭސިވިލާތަށް ދަތުރުކުރެވޭ ގޮތަށް ލުއި ދިނުމަށް އެ ގައުމުން މިފަހަރު ހެދި ރިވިއުގައި ރެޑްލިސްޓު ގައުމުތަކުން ރާއްޖެ ނަގައިފިއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ، ޔޫކޭގެ ރެޑް ލިސްޓްގައި ރާއްޖެ ހިމެނުނީ މިދިޔަ މެއި މަހުގެ ކުރީކޮޅެވެ. ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރާ އެންމެން ވެސް ދިހަ ދުވަހު ކަރަންޓީނު ވާންޖެހޭނެ އެވެ.

ނަމަވެސް ޔޫކޭގެ ރެޑްލިސްޓުން ރާއްޖެ ނެގުމާއެކު ކަރަންޓީނުވުމަކާ ނުލައި އެ ގައުމުން ރާއްޖެއަށް ދަތުރުކުރެވޭނެއެވެ. ބުދަ ދުވަހު އާ ކުރި ގްރީން ލިސްޓްގައި ރާއްޖެ ވަނީ ހިމަނާފައެވެ.

މި މަހުގެ 22 ވަނަ ދުވަހުން ރާއްޖޭގެ އިތުރުން ޕާކިސްތާނާއި ތުރުކީއާއި ސްރީލަންކާ ހިމެނޭހެން ޖުމްލަ އަށް ގައުމަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ސެކްރެޓަރީ ގްރޭންޓް ޝެޕްސް ވަނީ ބުނެފައެވެ.

މިއީ ދިވެހި ޓޫރިޒަމަށް ހެޔޮ ބަދަލެއް އަންނާނެ ކަމެކެވެ. އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355