twitterviber whatsapp telegramfacebookyoutube instagram
16th September 2026

އިންޓަނެޓް ނެޓްވޯކުތައް ސައިބާ ހަމަލާތަކުން ދިފާއުކޮށްދޭ ސޮފްޓްވެއާއެއް ދިރާގުން ތައާރަފްކޮށްފި

Sep 21, 2021

ވިޔަފާރިތަކުން ބޭނުން ކުރާ އިންޓަނެޓް ނެޓްވޯކުތައް، އެކި ބާވަތުގެ ސައިބާ ހަމަލާތަކުން ދިފާއުކޮށްދޭނެ ސޮފްޓްވެއާއެއް ދިރާގުން ތައާރަފްކޮށްފިއެވެ.

ދިރާގުގެ ކްލައުޑް ޔުނިފައިޑް ތުރެޓް މެނޭޖްމެންޓް (ޔޫޓީއެމް) ތައާރަފް ކުރަނީ ދިރާގު ބިޒް ފައިބާ ބްރޯޑްބޭންޑް ބޭނުން ކުރާ ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަން ފޯރުކޮށްދިނުމަށެވެ.

ދިރާގުން ބުނި ވިޔަފާރި ނެޓްވޯކުތަކަށް ކުރިމަތިވާ ތަފާތު ސައިބާ ހަމަލާތަކުން ދިފާއުވެ، އަމިއްލަ މައުލޫމާތު ރައްކާތެރި ކުރުމަށްޓަކައި އާއްމު ގޮތެއްގައި އެކި ސޮފްޓްވެއާތައް ޑައުންލޯޑުކޮށްގެން ބޭނުން ކުރަން ޖެހޭކަށެވެ. ނަމަވެސް ކްލައުޑް ޔޫޓީއެމް ބޭނުން ކުރުމުން އެއް ސޮފްޓްވެއާއަކުން، ހުރިހާ ބާވަތެއްގެ ސައިބާ ހަމަލާތަކުންވެސް ދިފާއުވެވޭނެއެވެ.

"ޔުނިފައިޑް ތުރެޓް މެނޭޖްމެންޓް ސޮލިއުޝަން އެޅުމުން އެއް ސޮފްޓްވެއާއަކުން އެކި ކަހަލަ މިކްސްޑް ސައިބާ ހަމަލާތަކުން ނެޓްވޯކް ރައްކާތެރި ކޮށްދޭނެ،" ދިރާގުން ބުނެ އެވެ.

އެގޮތުން ކްލައުޑް ޔޫޓީއެމް އެޅުމުން، ވިޔަފާރީގެ ނެޓްވޯކް ބަލަހައްޓާ ފަރާތަކަށް، އެހެން މީހުން އެ ނެޓްވޯކް ބޭނުން ކުރާ ގޮތް ކޮންމެ ވަގުތަކުވެސް މޮނިޓާ ކުރެވޭނެއެވެ. އަދި އެ ނެޓްވޯކް ބޭނުން ކުރެވޭނެ މީހުންގެ އަދަދާއި އިންޓަނެޓު ބޭންޑްވިތުވެސް ކޮންޓްރޯލް ކުރެވެން ހުންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293